ޚަބަރު

މާވަށު ޖަމާއަތީ ފެތުރުމަކަށް، މިއަދު އެކަނިވެސް 32 މީހުން ކޮވިޑަށް ފައްސި !

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ލ. މާވަށުގައި ރޯގާ ޖެހިގެން ފުލޫ ކްލިނިކަށް ދައްކާ ގިނަ ފަރާތްތަކެއް ކޮވިޑަށް ފައްސިވާން ފަށައިފިއެވެ.

Ads by MWSC

މާވަށުން ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ވެސް 32 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޯގާޖެހިގެން ޑޮކްޓަރަށް ދައްކާ ގިނަ ފަރާތްތަކެއް އަންނަނީ ކޮވިޑަށް ފައްސިވަމުން ކަމަށާއި، އޭގެ ތެރެއިން އެކަކު ހާލު ދެރަވެގެން މާވަށު ހެލްތު ސެންޓަރުގައި ފަރުވާދެމުން ގެންދާ ކަމަށެވެ.

އަހުމަދު މޫސާ އިތުރަށް ވިދާޅުވީ، ގިނަ ފަރާތްތަކެއް މާވަށުން ކޮވިޑަށް ފައްސިވަމުން އައުމާ ގުޅިގެން މިހާރު ރަށުތެރޭ އަޅައިފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ހެނދުނު 6:30 އިން ފެށިގެން ހަވީރު 4:00 އަށް މަގުމަތީގައާއި ބޭރުގައި ނޫޅެވޭނެހެން ކާފިއު ހިންގަން ފަށައިފައިވާ ކަމަށާއި އެ ނޫން ވަގުތު ތަކުގައި ވެސް ޒަރޫރީ ބޭނުމެއް ނެތިއްޔާ ނޫނީ ބޭރަށް ނުނިކުންނަ ގޮތަށް ހަމަޖައްސައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާ އެކު ރަށުގެ ބަނދަރުގައި އަޅައިފައިވާ މަސްދޯނިފަހަރު ތަކުގެ މީހުންނާ ވާހަކަ ދެކެވި، އެ މީހުން މަސްދޯނީގައި މަޑުކޮށް ރަށުތެރެއަށް އެރުން މަނާ ކުރެވިފައިވާ ކަމަށް ވެސް އަހުމަދު މޫސާ ވިދާޅުވިއެވެ.

ލ. މާވަށުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު މިވަގުތު މާވަށަށް ނިސްބަތްވާ ތިން ފަރާތަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އެބަދެއެވެ. އެގޮތުން އައިޖީއެމްއެޗް ހޮސްޕިޓަލުގައާއި، ދަރުމަވަންތަ ހޮސްޕިޓަލް އަދި ގަމު ކޮވިޑް ފެސިލިޓީގައި މާވަށަށް ނިސްބަތްވާ ތިން ފަރާތަކަށް އަންނަނީ ފަރުވާ ދެވެމުންނެވެ. އެރަށަށް ނިސްބަތްވާ އެކަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ. އަދި މިވަގުތު ރަށުގައި ކޮވިޑަށް ފައްސި އެކްޓިވް ކޭސްގެ ގޮތުގައި 171 މީހުން އެބަ ތިއްބެވެ.

  1. ޝަރްމީލާ

    ޒަރޫރީ ބޭނުމެއް ނެތިއްޔާ ނޫނީ ؟

    • ިހަސަންފުޅު

      ގޭގަ އޮވެބަލަ ގޭގަަަ
      މަވެސް މިހުރީނު