ބޮލީވުޑް

ދަރިފުޅު ވަމިކާގެ ފޮޓޯ މީސްމީޑިއާގައި ހިއްސާ ނުކުރާ ސަބަބު ވިރާޓް ހާމަކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިންޑިއާގެ ގައުމީ ކްރިކެޓު ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ އަދި ބޮލީވުޑު ތަރި އަނުޝްކާ ޝަރުމާގެ އަލަތު ދަރި ވަމިކާގެ ފޮޓޯއެއް ބަލައިލުމަށް ކެތް މަދުވެފައި ތިބި މީހުން މަދެއް ނޫނެވެ. އެހެން ނަމަވެސް ޖެނުއަރީ 11 ވަނަ ދުވަހު އުފަންވި ވަމިކާގެ ފޮޓޯއެއް މިހާތަނަށް ވިރާޓް އަދި އަނުޝްކާ ހިއްސާކޮށްފައެއް ނުވެއެވެ.

Ads by STELCO

ވަމިކާގެ ފޮޓޯ މީސްމީޑިއާގައި ހިއްސާ ނުކުރުގެ އިތުރުން، މަގުމަތިން ފެނިގެން ވެސް އެކުއްޖާގެ ފޮޓޯ ނުނެގުމަށް އެދެމެފިރިން މީގެ ކުރިން ވަނީ ފޭނުންގެ ކިބައިން އެދިފައެވެ. ފޮޓޯ އާއްމު ނުކުރަން އެދުނު ސަބަބު މީގެ ކުރިން ހިއްސާކޮށްފައި ނުވި ނަމަވެސް ވަމިކާގެ ފޮޓޯ ހިއްސާ ނުކުރާ ސަބަބުން ވިރާޓް އިއްޔެ ފޭނުންގާތު ވަނީ ބުނެފައެވެ،

ވިރާޓް އިއްޔެ އިންސްޓަގްރާމްގައި ކުރިޔަށް ގެންދިޔަ ސުވާލު ކުރުމުގެ ފުރުސަތުގައި، އޭނާގެ ފޭންއަކު، ވަމިކާގެ ފޮޓޯއެއް ހިއްސާކޮށްފާނަންތޯ އެހުމުން ބުނެފައި ވަނީ، އެކަން ކުރެވެން ނެތް ކަމަށެވެ. އަދި އަނުޝް އާއި ވިރާޓް ނިންމާފައި ވަނީ ވަމިކާގެ ފޮޓޯ މީސްމީޑިއާގައި ހިއްސާ ކުރާނީ، ވަމިކާއަށް މީސްމީޑިއާއަކީ ކޯއްޗެއްގައި އެނގޭ އުމުރަށް ދިއުމުން އެކަން ކުރުމުން ވާނެ ގޮތް ކިޔައިދީ ވަމިކާ އެކަމަށް ރުހޭ ކަމުގައިވާނެ ކަމަށް ވިރާޓް ބުންޏެވެ.

މިހާތަނަށް އަނުޝްކާ އަދި ވިރާޓް ވެސް ވަމިކާގެ މޫނު ފެންނަ ފޮޓޯއެއް އިސްޓަގްރާމަށް ލައިފައެއް ނުވެއެވެ. އެހެން ނަމަވެސް، ފެބްރުއަރީ 1 ވަނަ ދުވަހު، ވަމިކާގެ ފަހަތް ފެންނަ ގޮތަށް ނަގައިފައިވާ ފޮޓޯއެއް ވަނީ އާއްމުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!