ވިޔަފާރި

އެމްޑަބްލިއުއެސްސީގެ ވަޒީފާތަކަށް ދެން ހުށަހެޅޭނީ ހަމައެކަނި އޮންލައިންކޮށް

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑަބްލިއުއެސްސީގެ ވަޒީފާތަކަށް ދެން ހުށަހެޅޭނީ ހަމައެކަނި އޮންލައިންކޮށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

Ads by STELCO

އެމްޑަބްލިއުއެސްސީން ވިދާޅުވީ 1 ޖޫން 2021 އިން ފެށިގެން ވަޒީފާތަކަށް އެދި ހުށައެޅޭނީ ހަމައެކަނި އޮންލައިންކޮށް ކަމަށާއި އޮންލައިން އެޕްލިކޭޝަން ލިންކް https://www.mwsc.com.mv/Career ގައިވާ ފޯމް ފުރުއްވުމަށް ފަހު އޮންލައިންކޮށް ވަޒީފާތަކަށް އެދި ހުށައެޅޭނެ ކަމަށެވެ. 

އެމްޑަބްލިއުއެސްސީން ވިދާޅުވީ އޮންލައިންކޮށް ވަޒީފާތަކަށް އެދި ހުށައެޅޭގޮތް ހަމަޖައްސަވައިފައި ވަނީ، ކުންފުނީގެ އޮންލައިން ޚިދުމަތްތަކާއި އަދި ޑިޖިޓަލައިޒޭޝަން ޕްރޮސެސް އިތުރަށް ފުޅާކޮށް، ހަރުދަނާކޮށް، ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ތިމާވެއްޓާއި ރައްޓެހި، އަދި ރައްޔިތުންނާއި ވީހާވެސް ގާތުން ލުއިފަސޭހަ ގޮތެއްގައި، ވަޒީފާއަށް އެދި ހުށައެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކަމަށެވެ. 

މިގޮތުން، އޮންލައިންކޮށް، ކޮންމެ ވަގުތެއްގައި، ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާ އެކު ވަޒީފާއަށް އެދި މިހާރު ހުށައެޅޭނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

މިފަދައިން އޮންލައިންކޮށް ވަޒީފާތަކަށް އެދި ހުށައެޅޭގޮތް ހަމަޖެހިގެން ދިޔުމުން، ވަޒީފާއަށް އެދި ހުށައެޅުމާއި ވަޒީފާއަށް މީހުން ހޮވުމުގެ މަރުހަލާތަކުގައި ކަރުދާސް ބޭނުންކުރެވޭ މިންވަރު މަދުވެ ތިމާވެއްޓަށް ހެޔޮ އަސަރުތަކެއް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!