Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހައިރިސްކް ބަޔަކަށް ވާތީ 17 ގައިދީއަކު ގެއަަށް ބަދަލުކޮށްފި

ހައިރިސްކް ބަޔަކަށް ވާތީ 17 ގައިދީއަކު ގެއަަށް ބަދަލުކޮށްފި

ހައިރިސްކް ބަޔަކަށް ވާތީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންތަކެއް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލު ޔުސްރީން އަހްމަދު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހައިރިސްކްކަމަށް ފާހަގަ ކުރެވުނު 17 ގައިދީއަކު ވަގުތީ ގޮތުން ގެއަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކުރިން ވެސް ވާނީ އިއުލާނު ކޮށްފަ އެސެސްމަންޓް ހަދައިގެން އެގޮތަށް ބަދަލު ކުރާނެ ކަމަށް. އެގޮތުން މުޅިއަކު 40 ގައިދީއަކު ވަނީ ޝޯޓްލިސްޓު ކުރެވިފަ. އޭގެތެރެއިން 17 ގައިދީއަކު ބަދަލު ކުރެވިފައި ވަނީ" ޔުސްރީން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ޔުސްރީން ވިދާޅުވީ، ބާކީ ތިބި 23 ގައިދީން އެކި ސަބަބުތަކާ ހެދި އަދި ބަދަލު ނުކުރެވިފައިވާ ކަމަށެވެ. އޭގެތެރޭގައި އާއިލާގެ ފަރާތުން ހަވާލުނުވުން ވެސް ހިމެނޭ ކަމަށް ޔުސްރީން ވިދާޅުވިއެވެ.

ގައިދީން ގެއަށް ބަދަލު ކޮށްފައި ވާނީ ވަކި ޖަލަކުން ނޫން ކަމަށް ވެސް ޔުސްރީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް