Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގެއެއްގެ ބޭރު ފާރުގެ ބެރިއެއް ވެއްޓި ކުޑަ ކުއްޖަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ

ގެއެއްގެ ބޭރު ފާރުގެ ބެރިއެއް ވެއްޓި ކުޑަ ކުއްޖަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ

ލ. ފޮނަދޫ ގެއެއްގެ ބޭރު ފާރުގެ ބެރިއެއް ވެއްޓި ކުޑަ ކުއްޖަކަށް ސީރިއަސް ޒަހަމްތަކެއް ވެއްޖެއެވެ.

އެ ރަށުން "ދެން"އަށް މައުލޫމާތު ދިން މީހަކު ބުނީ ކަރަންޓީނުގައި ހުރި ގެއެއްގެ ފާރު ބެރިއެއް ވެއްޓި ޒަހަމްވީ 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ކަމަށެވެ.

"މިއަދު ހަވީރުގެ ވަގުތަކު ވީ ކަމެއް އެއީ. މަތީގައި އަޅައިފައި އޮންނަ ކޮންކްރީޓް ބެރިއެއް ބިނދިގެން ވެއްޓި އެ ކުއްޖާ އޭގެ ދަށުވީ. އަނގައިން ވެސް ހުރީ އައިސްފަ. އެތަނުގައި ތިބި މީހުންނަށް ކުއްޖާގެ ގައިމަތިން ބެރި ނުނެގިގެން، އެހެން މީހުންނަށް ގޮވާ ގެނެސް އޭތި ނަގާފަ ކުއްޖާ ނެގީ، ފުދޭ ވަރަކަށް އިރުވި ފަހުން ނެގުނީ" މައުލޫމާތު ދިން މީހާ ބުންޏެވެ.

Advertisement
HDC — Sidebar (box)

އޭނާ ބުނީ ކުއްޖާގެ ހޭ ހުރި ކަމަށާއި އަނގައިންނާއި އަތުން ވެސް ލޭ އައިސްފައި ހުރިކަމަށެވެ. އަދި އަތް ވެސް ބިނދިފައި އޮތްހެން ހީވާކަމަށް ވެސް މަންޒަރު ދުށް މީހާ ބުންޏެވެ.

އާއިލާއަށް ހަވާލާދީ "ދެން" އަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލު ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ، އެ ކުއްޖާގެ އެއް އަތާއި އެއް ފައި ބިނދިފައިވާ ކަމަށް ހީވާ ކަމަށާއި ހާލު ސީރިއަސް ކަމަށެވެ.

އެކުއްޖާއަށް ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ. ކުއްޖާގެ ހާލަތާ ބެހޭގޮތުން ގަމު ރީޖަނަލް ހޮސްޕިޓަލުން އަދި އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް