ޚަބަރު

ހުޅުމާލޭ ފެސިލިޓީގެ ވެންޓިލޭޓަރުގައި 4 މީހަކަށް ދަނީ ފަރުވާ ދެމުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފަރުވާ ދެމުންދާ ހުޅުމާލޭ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް)ގެ އައިސީޔޫގެ ވެންޓިލޭޓަރުގައި 4 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެޗްއީއޯސީން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް ވިދާޅުވީ، އެޗްއެމްއެފްގެ އައިސީޔޫގައި މިވަގުތު ޖުމްލަ 10މީހަކު ފަރުވާ ހޯދަމުންދާ ކަމަށާއި، އޭގެތެރެއިން ހަތަރު މީހަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

"މިވަގުތު ހުޅުމާލެ މެޑިކަލް ފެސިލިޓީން ބޭސް ކުރެވެމުންދާ ބަލި މީހުންގެ ތެރެއިން 128 މީހަކު ތިބީ ވާޑުގައި. ޖުމްލަ 10 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދޭ. އަދި 4 މީހަކަށް އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދޭ" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ކޮވިޑް-19 އަށް މިހާރު ހޮސްޕިޓަލުތަކުގައި 218 މީހަކު ފަރުވާ ހޯދަމުންދާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!