ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by STELCO

ގޭގެ މައިދޮރާ ދިމާލަށް ބަލައިލެވުމާ އެކު ކައިރާގެ ދެލޯ ބޮޑުވެ ހަރަކާތް ހުއްޓިއްޖެއެވެ. އިޝާންއާ ދިމާލަށް އެއްޗެކޭ ބުނަން ހުޅުވައިލި އަނގަ ވެސް މަޑުމަޑުން ލެއްޕިއްޖެއެވެ. މޫނަށް ރަތްކުލަ ފާއްދައިލިއިރު ލަދުގަތްވަރުން ދެލޯ ފެންކަޅި ވެގެން ދިޔައެވެ. އެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު އަތުގައި މަޑު ތުރުތުރެއް އުފެދިގެން ދިޔައެވެ. އޭރު މަލީހާއާއި އަޒީޒް އަދި ހައިކަލްއާއި ނަޝީލާގެ ވެސް ނަޒަރު އަމާޒުވެފައި ހުރީ ކައިރާއަށެވެ.

*****

" ކައި... "... ހައިކަލް ގޮވައިލީ ހައިރާން ވެފައެވެ. މީގެ ކުރިން ކައިރާގެ ފަރާތުން ހައިކަލްއަށް އެ ސިފަ ފެނިފައެއް ނެތެވެ. އަޒީޒްމެން ކައިރާއާ މެދު ދެކޭނެގޮތެއް ނޭނގޭތީ އޭނާ ކަންބޮޑުވިއެވެ.

" އައިމް ސޯ ސޮރީ... އައި ޑިޑިންޓް މީން އެނީ އޮފް އިޓް ..... ".... ކައިރާ ދެއަތް ދެއަތާ މޮޑެލަމުން ބުނެލިއެވެ. އޭރު އެ އަޑު އައީ ކެނޑިކެނޑިގެންނެވެ.

" ހަހަ.. ހާދަ ބިރުގެންފަ އޭ.. ސޮރީ ނުބުނާނެ.. ކައި ތިބުނީ ހަމަ ރަނގަޅު ވާހަކަތަކެއް... ކެން އުޅޭ ގޮތް އެއީ ހަމަ ".... މަލީހާ އައިސް ކައިރާގެ އަތުގައި ހިފައިލަމުން ހިނިތުންވެފައި ބުނެލިއެވެ. މަލީހާގެ އެ ގާތް ކަމުން ކައިރާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް ކިޔާންގެ މައިންބަފައިން ކުރިމަތީގައި ދިމާވި ފުރަތަމަ ދުވަހު ވެސް އެ ގޮތަށް އެއްޗިހި ކިޔައިލެވުމުން އޭނާ ހުރީ ނުހަނު ލަދުގެންފައެވެ.

" ކައިއަށް އެނގޭދޯ މިއީ ކެންގެ މަންމަކަން.. ދެން އެއީ ކެންގެ ބައްޕަ......."...... މަލީހާ އިޝާރާތް ކޮށްލީ އަޒީޒް އަށެވެ.

" ލައްބަ.. ކެން ކިޔައިދިން.. ކެންގެ ބައްޕަ ބަލިވެ އުޅުނު އިރު އެއް ދުވަހަކު ދިޔައިން.."..... ކައިރާ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކޮށްލުމަށް ފަހު ބުނެލިއެވެ. އޭރު އެ ހިތުގައިވާ ނުތަނަވަސްކަން އެއްކޮށް ފިލައިފިއެވެ. އަޒީޒްއާއި މަލީހާގެ ފަރާތުން އެއްވެސް ބީރައްޓެހި އިހްސާސެއް ނުކުރެވޭތީއެވެ.

" ވަރަށް އުފާވެއްޖެ ކައިއާ ދިމާވީމަ... ކެންގެ ދިގު އިންތިޒާރުގެ ނިމުން ފޮނިވީމަ... ކެން އެންމެ ލޯބިވާ ކުއްޖާ ތިއީ.. " ކައިރާ ފެނުމުން އަޒީޒަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. އުނދަގޫ ދުވަސް ތަކަކަށް ފަހު ކިޔާންއަށް އޭނާގެ ލޯބި ލިބުމުން އަޒީޒް ހިތާހިތުން މާތްﷲއަށް ހަމްދު ކުރިއެވެ. ދެން އޮތީ އޭނާގެ އިންތިޒާރެވެ. ކައިރާއާއި ކިޔާންގެ ކައިވެނި ކުރެވޭނެ ދުވަހެވެ.

މަލީހާމެން ދިޔުމުގެ ކުރިން ކައިރާއަށް އެ ގެއަށް ދިޔުމަށް ދައުވަތު ދިނެވެ. ގޭގައި އިތުރު މީހަކު ނޫޅޭތީއާ އެއްކޮށް މަލީހާއާ އެކު ގިނަ ވަގުތު ހޭދަކުރުމުން ގޭގެ ކަންކަން ވެސް ދަސްވާނެ ކަމުގައި މަލީހާ ބުނުމުން ކައިރާ ވެސް އެކަން ޤަބޫލު ކުރިއެވެ.

" އޯހް ގޯޑް... ދުވަހަކުވެސް މިވަރު ކަމެއް ނުވޭ... ކީއްވެތަ ޝޭން ނުބުނީ......"........ އަޒީޒްމެންގެ ކާރު ގޮސް އޮބަައިލުމާ އެކު ކައިރާ މޫނުގައި އަތް އަޅައިލިއެވެ.

" ދޮންތިއަށް އެވަރަށް އިޝާރާތް ކުރި އިރުވެސް އަޅައިނުލައި ހުރީ ... ރަނގަޅެއްނު... ފުރަތަމަ ދުވަހު ވެސް އަޒީޒްބެއާއި މަލީދައްތަގެ ހުރި ހަމައެކަނި ދަރިފުޅު ރޮލާ ތިކާލީ ވިއްޔާ..."... އިޝާންއަށް ހެވޭ ވަރުން ވާހަކަ ދެއްކެނީ ކިރިޔާ އެވެ. ކައިރާއަށް ވީގޮތް އަދިވެސް އޭނާއަށް ސިފަ ވަނީއެވެ. ކައިރާ ކަޅި އަޅައިލުމާ އެކު އިޝާން ހެމުންހެމުން ގޮސް ގެއަށް ވަނެވެ. އޭނާގެ ފަހަތުން ހައިކަލް ވެސް ހެވިފައި ހުރެ ވަނުމުން ނަޝީލާ އައިސް ކައިރާ ގާތުގައި މަޑުކޮށްލިއެވެ.

" މަންމަ ވެސް ހުރީ ހައިރާންވެފަ.. މަލީ ކައިރީގަ ހުރީމަ ނުކެރުނު ދަރިފުޅަށް ގޮވާފަ ބުނަން ވެސް... ކެން އެއްޗެކޭ ބުނީތަ؟........"..... ނަޝީލާ ހެވިފައި ހުރެ އަހައިލީ އެ ދެ ކުދިން ކޮންމެވެސް ކަމަކާ ދެބަސްވީ ކަމަށް ހީކޮށެވެ.

" ނޫނޭ މަންމާ... އެންމެން މެރީ ކުރަނީ... މިއަދު އެލީ ބުނި އެލީ ވެސް މެރީ ކުރަނީ އޭ ވަރަށް އަވަހަށް... ޝޭން ވެސް... ދެން އަޅުގަނޑު އެކަނި... މި ކެން ނޫޅެއޭ ކައިވެނީގެ ވާހަކަ ދައްކަން ވެސް.... ".... ކައިރާ ތުންކޮޅު ދިގުވެފައި ހުރުމުން ނަޝީލާއަށް ހެވުނެވެ. ކައިރާގެ މައުސޫމުކަން ހިތަށް އެރުމުން އެ ދަރިފުޅު ގަޔާ ކައިރިކޮށްލެވުނެވެ.

" ދޮންތަ މިއަދު ގުޅާފަ ބުންޏޭ މިރޭ އަންނާނަމޭ.. ތި ކައިވެނީގެ ވާހަކަ ދައްކަން ކަންނޭނގެ ދޯ....".... ނަޝީލާ އޭނާއަށް ހީވާގޮތް ބުނެލުމުން ކައިރާ ވެސް ބޯ ޖަހައިލިއެވެ.

އާއިލާ ތެރޭގައި ދުވަސްތަކަކަށް ފަހު ކައިވެނިތަކެއް ކުރެވިގެން ދަތީ ނަޝީލާ ހުރީ ނުހަނު އުފާވެފައެވެ. ކައިރާގެ ކައިވެނި ވެސް އަވަހަށް ކުރެވުން އެއީ އޭނާ ބޭނުންވާ ގޮތެވެ. ނަމަވެސް އެ ވާހަކަ ނުދެއްކީ އަޒީޒްމެންނާ ދެކެވުނު ވާހަކަ ހަނދާންވުމުންނެވެ.

*****

އޮފީސް ނިމުމުން ކިޔާން އަވަސްވެގަތީ ގެއަށް ދިޔުމަށެވެ. ކޮމްޕިއުޓަރ ނިއްވާލުމަށް ފަހު ގޮނޑީގައި އަޅުވައިފައި އޮތް ކޯޓު ނަގައި އެ ކަސްރަތީ ހަށިގަނޑަށް ހެޔޮވަރު ކޮށްލިއެވެ.

މޭޒުމަތީގައި އޮތް ތަޅުދަނޑި ނެގުމަށް ފަހު ކިޔާން ހިނގައިގަތީ އޮފީހުން ނުކުތުމަށެވެ. މެންދުރުގެ ހޫނުކަން ކެނޑި ކޮންމެވެސް ވަރަކަށް މާހައުލު ފިނިވެފައި އޮތް ނަމަވެސް ކިޔާން އަވިއައިނު އަޅައިލިއެވެ. ސައިކަލު ދުއްވާލަން އުޅެނިކޮށް އިޝާން ގުޅަން ފެށުމުން ކިޔާން ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.

އެވަގުތު އެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެގެން ދިޔައީ މިއަދު ހިނގައިދިޔަ ހާދިސާ އިޝާން ކިޔައިދިނުމުންނެވެ.

" ކީއްވެޔޯ ދޮންތި ރުޅިގަދަ ވެފަ މި ހުންނަނީ...؟..."... އިޝާން ކައިރާގެ ތަބީއަތަށް އައިސްފައިވާ ބަދަލުގެ އަސްލު ދެނެގަންނަން ބޭނުންވިއެވެ.

" ޝޭން ޔޫ ވޯންޓް ބިލީވް މީ... ވަރުގަދަ ދޮންތިއެއް ލިބިފަ ތިހުރީ.. ކައި އުޅެނީ ޕްރޮޕޯޒް ނުކުރާތީ އެހެންވެ ރުޅިގަދަ ވެގެން... އެހެން ބުނަން ނުކެރޭތީ ކޮންމެ ފަހަރަކު ވެސް ދުރުދުރުން އެ ވާހަކަ އަހާނީ.. ދެން މިއަދު އަހަރެން ބުނެފިން ތިވާހަކަ ދައްކާނީ ފަހުންނޭ.. "... ކިޔާންގެ ވާހަކަ އަޑުއަހަން ހުރި އިޝާންއަށް ހެވެމުން ދިޔައެވެ.

ކިޔާން ދެން ބުނެލި ވާހަކައަކުން އިޝާންގެ މޫނު އުޖާލާވެގެން ދިޔައެވެ. ކިޔާން ބުނި ދުވަހަށް އޭނާއަށް ވެސް އިންތިޒާރު ކުރެވެން ފެށުނެވެ. އެއީ އިޝާންއަށް ވެސް ޚާއްސަ ދުވަހަކަށް ވާތީއެވެ.

*****

ފޯނު ޖީބަށް ލުމަށް ފަހު ކިޔާން ސައިކަލް ދުއްވާލިއެވެ. ގެއަށް ގޮސް ތާޒާ ވެލައިގެން ކައިރާއާ ބައްދަލު ކުރަން ދިޔުމުގެ ޚިޔާލު އެ ހިތުގައި ވިއެވެ. ކައިރާ މަތިން ހަނދާންވުމުން ކިޔާންގެ ތުންފަތުގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ.

ކުއްލިއަކަށް ކިޔާންއަށް ސައިކަލު މަޑު ޖައްސާލެވުނެވެ. ތުންފަތުގައިވީ ހިނިވުންވުން ފަނޑުވެގެން ދިޔައިރު އެ މޫނުން އިންތިހާ ދަރަޖައިގެ ސީރިއަސްކަން ފެންނަން ފެށިއެވެ. ދެ ބުމަ ކައިރިކޮށްގެން ހުރިއިރު މޫނުން ނުރުހުންތެރިކަން ވެސް ފާޅުވަމުން ދިޔައެވެ. ދަތްތަކަށް ބާރުކޮށްލަމުން ކިޔާން ސައިކަލުގެ މުށްގަނޑުގައި ބާރަށް ހިފަހައްޓައިލީ ހަމަޖެހިލުމުގެ ގޮތުންނެވެ. ނަމަވެސް އޭނާއަށް އެހެން އިނދެވުނީ އިރުކޮޅަކަށެވެ. އެންމެ ގާތުގައި ހުރި ޕާރކިންގް ޒޯނުގައި ސައިކަލު ޕާރކް ކޮށްލުމަށް ފަހު ކިޔާން އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތީ ކަންމަތީގައި ހުރި ފިހާރައާ ދިމާލަށެވެ.

ކައުންޓަރުގައި އިން ކުއްޖާއަތަށް ރުފިޔާ ހަވާލުކޮށްލުމަށް ފަހު ނާސިހް އަތުގައި އޮތް ކޮތަޅަށް ޖޫސް ޕެކެޓެއް ލުމަށް ފަހު ހިނގައިގަތީ ފިހާރައިން ނުކުތުމަށެވެ. އެ ނަޒަރު އަމާޒުވެފައިވީ ދޮރާ ދިމާލަށެވެ. ބޭރަށް ނުކުންނަން އެޅި ފުރަތަމަ ފިޔަވަޅާއެކު އޭނާއަށް ސިހިފައި އަތުގައި އޮތް ކޮތަޅުން ދޫކޮށްލެވުނެވެ. އެވަގުތު ކޮތަޅު ތެރޭގައި ހުރި ބިސްތައް ތަޅައިގެން ދިޔަ އަޑު އިވުނެވެ. ނަމަވެސް އޭނާއަށް އެކަމާ މެދު ވިސްނާނެ ފުރުސަތެއް ނުލިބުނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނާސިހްގެ ނިތްކުރިން ދާތިކިތައް ފާޅުވާން ފެށިއެވެ. ހިންދިރުވާލެވުނީ އޭނާއަށް ފިލޭނޭ ގޮތެއް ނެތްކަން އެނގުމުންނެވެ. ކައިރާ ކިބައިން ސަލާމަތް ވެވުނަސް ކުރިމަތީގައި ހުރި ކިޔާންގެ ފަރާތުން އޭނާއަށް ނުފިލޭނެކަން ނާސިހްއަށް ޔަޤީނެވެ. އެ ހައިބަތު ހުރި ޒުވާނާ ފެނުމުން އެކަނި ވެސް ނާސިހް ޖެހިލުންވިއެވެ. އެއީ ކުރިން އޭނާ ދުށް ކިޔާންއެއް ނޫނެވެ.

" ކިޔާން..."..... ނާސިހްގެ އަޑު ބޭރުވީ ކިރިޔަކިރިޔާއެވެ. އެ އަޑުން ވެސް ޖެހިލުންވެފައި ހުރިކަން ދޭހަވިއެވެ. ކިޔާންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

" މިތާ ހުރެގެން ވާހަކަ ނުދެއްކޭނެ އެއްނު.. ހިނގާ އަހަންނާ އެކު.. މިތާ ކައިރި ތަނަކަށް ދާނީ..."... ކިޔާން ހިތްހަމަނުޖެހިފައި ހުރި ނަމަވެސް ކައިރާގެ ދޮންބައްޕައަށް ކުރަން ޖެހޭ އިހްތިރާމް ކުޑައެއް ނުކުރެއެވެ. އޭނާ ބެލީ ވީހާ ވެސް ރީތިކޮށް ވާހަކަ ދެއްކޭތޯއެވެ.

ކިޔާން ބުނިގޮތަށް ނާސިހް އޭނާގެ ފަހަތުން ހިނގައިގަތެވެ. ކިޔާން ވަނީ ޖެހިގެން ހުރި ކެފޭއަށެވެ. ދެމީހުންނަށް ކޮފީއަކަށް އޯޑަރު ކުރުމަށް ފަހު ކިޔާން ހަމަޖެހިލިއެވެ. ނާސިހްއަށް ނަޒަރު ހުއްޓައިލައިގެން އިނީ އޭނާ އެއްޗެކޭ ބުނޭތޯއެވެ. ނަމަވެސް އިސްޖަހައިލި ގޮތަށް ނާސިހް އިސްއުފުލާ ބަލައި ވެސް ނުލިއެވެ.

" ކީއްވެ ކައި ދޫކޮށް ދިޔައީ....".... ކިޔާންގެ ބެލުމުގައިވީ ފިނިކަމެވެ. އެ އަޑުގައި ކޮންމެ ވެސް ވަރެއްގެ ހަރުކަށިކަމެއް އެކުލެވިފައި ހުއްޓެވެ.

" އެއީ އަހަންނާ ގުޅުމެއް ހުރި މީހެއް ނޫންވީމަ....".... ނާސިހް ބުނެލީ ފަރުވާ ކުޑަ ރާގަކަށެވެ. ކިޔާންގެ މޫނަށް ވެރިވީ ހައިރާން ކަމެވެ.

" ތިހެން ބުނީމަ އަހަރެން ޤަބޫލު ކުރާނެހެން ހީވޭތަ... މީގެ ކުރިން ބޭބެއާ ދިމާނުވި ނަމަ ޤަބޫލު ކުރެވުނީސް.. ބޭބެ ކައިއަށް އަޅައިލި ގޮތް ވަރަށް ގާތުން ދުށިން.. ބޭބެގެ ހަރަކާތްތަކުން ކައިއަކީ ބޭބެގެ އަމިއްލަ ދަރިއެއް ފަދަ... ނޫންތަ؟......"..... ކިޔާން ވަރަށް ފަރުވާތެރިކަމާ އެކު ނާސިހްއަށް ރައްދު ދިނީ އޭނާ ކަމެއް ސިއްރު ކުރާހެން ހީވާތީއެވެ. ނާސިހް ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާއަށް ކުރިއެރުމެއް ލިބޭނެހެން ހީނުވާތީއެވެ.

" ތި ދައްކަނީ މާ ކުރީގެ ވާހަކައެއް....".... ނާސިހް އަދިވެސް މަސައްކަތް ކުރީ ހަޤީޤަތް ސިއްރު ކުރެވޭތޯއެވެ.

" ދެން އެހެންވީރު މިހާރުގެ ވާހަކަ ކިޔައިދޭން ވީނު.. މާ ކުރީގެ ވާހަކައެއް ވިޔަސް އެ ކަމުން ކައި އުޅެން ޖެހުނު ހާލު އެނގޭތަ؟... ތި ނާސިހްގެ ޚަބަރެއް ނުވާތީ އެ ފަކީރު ކަންބޮޑުވި ވަރު އެނގޭތަ...؟...... " ކިޔާންގެ އަޑު މި ފަހަރު ބާރުވެގެން ދިޔައެވެ. ހިތްހަމަ ނުޖެހިފައި މޫނު އަނބުރާލީ ނާސިހް ފެނުމުން ވެސް ރުޅިގަދަ ވާތީއެވެ.

" ކައިރާއަށް ވުރެ އަހަންނަށް އަހަރެންގެ އަންހެނުން މުހިއްމު...."..... ނާސިހް މަޑުމަޑުން ބުނެލިއެވެ. އެ އަޑުގައިވީ ޖެހިލުންވުމުގެ އަސަރު ކިޔާންއަށް ފާހަގަވިއެވެ.

" ކައިގެ މަންމަ މަރުވެއްޖެ އެންނު.. ނާސިހްގެ އަންހެންނަކީ އެއީ ނޫންތަ..."... ނާސިހް ބުނަން އުޅޭ އެއްޗެއް ކިޔާންއަށް ފަހުމް ނުވިއެވެ. މޭޒުގައި އަތް އަޅުވައިލުމަށް ފަހު ކިޔާން ގޮނޑި މޭޒާ ކައިރި ކޮށްލިއެވެ. އެ ހަރަކާތުން ވެސް އޭނާ ސަމާލުވެގެން އިންވަރު ދޭހަވެއެވެ.

" އެއީ އަހަރެންގެ ހަގު އަނބި... ޝިފާ އެއީ އަހަރެންގެ މިހާރުގެ އަންހެނުން.. ކުރީގެ ވެސް.. އަހަރެންގެ ދަރީންގެ މަންމަ......"........ ނާސިހް އިސްޖަހައިލިއެވެ. ކިޔާންގެ މޫނަށް ވެރިވާ ކުލަވަރު ފެންނާކަށް އޭނާ ބޭނުމެއް ނޫނެވެ.

" ވަޓް... ތިކިޔޭ އެއްޗެއް އެބަ އެނގޭތަ؟... ހަމައިގަތަ ؟......."..... ކިޔާންގެ ރުޅިގަނޑު ކޮންޓްރޯލެއް ނެއްޓިއެވެ. އޭރު އޭނާގެ އަޑުގަދަވެގެން ކައިރި މޭޒުތަކުގައި ތިބި މީހުން ވެސް އެމީހުންނަށް ބަލަމުން ދިޔައެވެ.

" އާނ.. ހަމައިގަ.. މި ކިޔޭ އެއްޗެއް ވެސް އެބަ އެނގޭ.. ކިޔާންއަށް ނޭނގިގެން ތި އުޅެނީ.....  ޝިފާ އެއީ އަހަރެންގެ އަލަތު އަނބިމީހާ... ޝިފާއަށް ދަރިން ނުލިބޭތީ އަހަރެން އާޝިޔާއާ ކައިވެނި ކުރީ.. އެއީ ކައިރާ ކުޑައިރު.. އާޝިޔާއާ ކައިވެނި ކުރުމުން އަހަންނަށް އުނދަގޫވި ޝިފާއަށް ވަގުތު ދޭން.. ސަބަބަކީ ޝިފާއަށް ހަޤީޤަތް އެނގުނަސް އާޝިޔާއަށް ހަޤީޤަތް ނޭނގޭތީ... އެހެން އުޅެނިކޮށް ޝިފާ ވަރަށް ބަލިވި.. ކޮންމެ ތިން މަހުން އެއް މަހު ޑޮކްޓަރަށް ދައްކަން ޖެހޭ އިންޑިޔާއަށް ދާން.. އެހެންވެ އަހަރުމެން ނިންމީ ދިރިއުޅުން ހުޅުމާލެއަށް ބަދަލުކުރަން.. އެހެންވެ ވަޒީފާ ރިސޯޓަކަށް ބަދަލުވީ އޭ ބުނެ އާޝިޔާއާއި ކައިރާ ގޮވައިގެން މާލެ ބަދަލުވީ.. ޝިފާ ދެކެ ލޯބިވާ ވަރަށް ނުވެވުނަސް އަހަރެން އާޝިޔާދެކެ ވެސް ލޯބިވިން.. އެހެންވެ އޭނާއަށް ދެރައެއް ދޭން ދުވަހަކު ވެސް ނުވިސްނަން.. ޝިފާ ގޮވައިގެން އިންޑިޔާއަށް ދަނީ އަހަރެން އަބަދުވެސް.. ހުޅުމާލޭ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާ ކުރީ .. ރިޒޯޓެއްގަ ނޫން.. ދޭތެރެ ދޭތެރެއިން އާޝިޔާއާ އެކީ އުޅެލަން ވެސް އަންނަން.. އާޝިޔާ ހައިކަލް ދެކެ ލޯބިވާކަން އެނގި ހުރެވެސް އެކަން މައްސަލައަކަށް ނުހެދީ އެހެންވެ.. ކައިރާ ކުޑައިރުގެ ފޮޓޯއެއް ވެސް އަހަރެން ހައިކަލްއަށް ފޮނުވިން.. ކޮންމެ ގޮތެއްވިޔަސް އެއީ އޭނާގެ ދަރިފުޅު.. ހައިކަލްއަށް އެ ދަރިފުޅު ފެންނަން ޖެހޭނެކަން އަހަންނަށް ޤަބޫލު ކުރެވުނު.. އެކަމަކު އިތުރު އެއްވެސް ކަމެއް ނުކުރީ އާޝިޔާއަށް އެނގިދާނެތީ..... ޝިފާއާ އެކީ އުޅޭތާ އެތައް ދުވަހެއް ވީ ފަހުން އޭނާ ބަލިވެ އިނީ... ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް އެއީ... ޝިފާއާ ދެމީހުން މަޝްވަރާ ކުރުމަށްފަހު ނިންމީ އާޝިޔާއަށް ހަޤީޤަތް ކިޔައި ދިނުމަށް.. އެހެންވެ އަހަރެން މާލެ ދިޔައިން.. އެ ދުވަހު ކައިރާ އާޝިޔާގެ ޑައިރީ ނަގައިގެން އިންދާ އަހަންނަށް ފެނުނީ.. އެއީ އަހަންނަށް ވެސް ފެނިފަ އޮތް ފޮތަކަށް ވާތީ.. އެ ދުވަހު ކައިރާ ދޮގު ހެދީމަ އަޅައެއް ނުލަން.. އާޝިޔާ ގާތު ކައިރާއަށް ހަޤީޤަތް ކިޔައިދޭން އަހަރެން އަބަދުވެސް ބުނަމުން އައީ.. އެކަމަކު އާޝިޔާ ނުބުނެ ހުއްޓާ ކައިރާއަށް އެ ފޮތް ފެނުމުން ކައިރާ އަމިއްލައަށް ހަޤީޤަތާ ހަމައަށް ވާސިލް ވުމަށް އެކަން ދޫކޮށްލީ.. އެކަމަކު އެ ފޮތު ތެރޭގަ އޮތް ސިޓީ އުރައިގަ އޮތް ހައިކަލްގެ ފޮޓޯގެ ބައެއް ބައިތައް އަހަރެން ނެގިން.. އާޝިޔާ ބޭނުން ނުވާނެ ކައިރާއަށް ހައިކަލް ފެންނަން.. އެހެންވެ އެގޮތަށް ކަންތައް ކުރަން މަޖުބޫރުވީ.... އަހަންނަށް އާޝިޔާއަށް ޝިފާގެ ވާހަކަ ކިޔައި ނުދެވެނީސް އާޝިޔާ ބަލިވެ އިންކަން އެނގުނީ... ކަން ދިމާކުރި ގޮތުން އެ ދަރިފުޅާއި އާޝިޔާ ވެސް އަހަރުމެންނާ ވަކިވެ ދިޔައީ.. އެދުވަހު ޝިފާގެ ދަރިފުޅު ވެސް ބައިގެން ދިޔައީ.. އާޝިޔާގެ ޖަނާޒާގެ ކަންތައް ނިމުނު ފަހުން އެއީ.. އަހަރެން ވަގުތުން ފުރީ ޝިފާ ގޮވައިގެން އިންޑިޔާ އަށް އަނެއްކާ ވެސް... އެހެންވީމަ ކައިރާ ދޫކޮށް ދާން މަޖުބޫރުވީ.. މިވާހަކަތައް ކައިރާއަށް ސިއްރު ކުރީ އޭނާއަށް އިތުރު ހިތާމަތަކެއް ދޭން ނޭދޭތީ..."..... ނާސިހް ކިޔައިދިން ވާހަކަތަކުން ކިޔާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނާސިހުގެ މިހާ ބޮޑު ސިއްރެއް ފޮރުވިފައި ވެދާނެއޭ އޭނާއަށް ވިސްނިފައި ނެތުމުންނެވެ.

" ތި ދެއްކި ވާހަކަތައް އަހަރެން ޤަބޫލު ކުރާނީ ކިހިނެތް؟...." ކިޔާންގެ އަޑާއި ރާގުން އޭނާ އެ ވާހަކަ ޤަބޫލު ނުކުރާކަން ނާސިހްއަށް ޔަޤީންވިއެވެ.

" އަހަރެން މި ކިޔައިދިނީ ހަޤީޤަތް.. ޤަބޫލު ކުރަން އުނދަގޫ ވެދާނެ... އެކަމަކު މިއީ އަހަރެންގެ އަންހެނުން... ޝިފާ.. ދެން މިއީ އަހަރުމެންގެ ދަރިފުޅު.. އައިލީން... ކުރިން ދުވަހު ކައިރާއަށް ފެންނާނެ އައިލީން... މިހާރު ޝިފާ އިނީ އަނެއްކާ ވެސް ބަލިވެ... ".... ނާސިހް ފޯނުގައި ހުރި ފޮޓޯއެއް ކިޔާންއަށް ދައްކައިލިއެވެ. ކަޅު ކުލައިގެ ބޮޑު ހެދުމެއް ލައިގެން ހުރި އަންހެން މީހާ ގާތުގައި ނާސިހު ހުރީ ކުޑަ އަންހެން ކުއްޖެއް އުރައިލައިގެންނެވެ. އެ ތިން މީހުންގެ މޫނުގައިވީ ހިނިތުންވުމުން ވެސް އެއީ ނުހަނު އުފާވެރި އާއިލާއެއްކަން ކިޔާންއަށް ދޭހަވިއެވެ. ޚާއްސަކޮށް އެ ފޮޓޯއަށް ބަލައިލި އިރު ނާސިހްގެ ލޮލުގައި ވީ ވިދުން ވެސް ކިޔާންއަށް ފާހަގަވިއެވެ.

" ކިޔާން.. އަހަރެންގެ އެންމެ އެދުމެއް އޮތީ... ކައިރާ އަހަރެންގެ ދިރިއުޅުމަށް އެނބުރި ގެންނަން ނޫޅޭ... އަހަރެންގެ މި ކުޑަ އާއިލާ އަހަންނަށް ފުދޭ... "...... ނާސިހްގެ ހަމައެކަނި އެދުމަކީ އެއީއެވެ. ކިޔާންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

ނާސިހްގެ އަޅައިލުން ކައިރާ ބޭނުންވެދާނޭ ކަމަށް ނާސިހްއަށް ހީކުރެވުމުން ކިޔާންއަށް އެކަން މަޖާވިއެވެ. ނާސިހް ހީނުކުރާ ވަރުގެ އުފާވެރިކަމެއް މިއަދު ކައިރާއަށް ލިބިފައިވެއެވެ. މިހާރު އޭނާގެ އާއިލާއެއް އެބަ އޮތެވެ. އުފަން ބައްޕަ ހުރިއިރު ދޮން ބައްޕައެއްގެ ލޯބި ކައިރާ ބޭނުންވެދާނެ ހެއްޔެވެ.

އިތުރު އެއްޗެއް ނުބުނެ ކިޔާން ނުކުތީ މޭޒުމަތީގައި ސަތޭކަ ރުފިޔާ ބޭއްވުމަށް ފަހުގައެވެ. ނާސިހް ވެސް ކިޔާން ހުއްޓުވާކަށް ނޫޅެއެވެ. ނަމަވެސް އެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެންނަމުން ދިޔައެވެ.

*****

ސައިކަލަށް އެރުމަށް ފަހު ކިޔާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ކިޔާން އޭނާގެ ސިކުނޑިއަށް ލުޔެއް ލިބޭތޯ ބެލިއެވެ. ކައިރާއާ މި ވާހަކަ ހިއްސާ ނުކޮށް އެންމެ ހިނދުކޮޅަކަށް ވެސް އޭނާއަށް ދެން ކެތެއް ނުވާނެއެވެ.

ނަމަވެސް ކިޔާންއަށް ނޭނގުނީ ކައިރާއަށް އެ ވާހަކަތައް އެނގުމުން ދެން ވާނޭ ގޮތެވެ.

(ނުނިމޭ)

Ads by HDC
  1. އައިލެންޑް ގާރލް

    ވަރަށް ރީތި ދިގު ކޮއްލައްޗޭ ދެން އިން ބައި

  2. ކުރީ

  3. ވ.ރީިިތި .އެބުނާހެން،ތަންކޮޅެއް ކުރީ.