Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޑރ. އިޔާޒަށް ކާފަދަރިކަލަކު ލިބިވަޑައިގެންފި

ޑރ. އިޔާޒަށް ކާފަދަރިކަލަކު ލިބިވަޑައިގެންފި

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފަށް ކާފަދަރިކަލަކު ލިބިވަޑައިގެންފިއެވެ.

ކާފަދަރިކަލަކު ލިބިވަޑައިގެންނެވިކަން އޭނާ ވަނީ ޓްވިޓާ މެދުވެރިކޮށް ހިއްސާ ކުރައްވައިފައެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ، ކާފަ ދަރިކަލުން އުފަންވީ މިއަދު ފަތިހު 4:30 ހާއިރު އޭޑީކޭގައި ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/dr_iyaz/status/1399509485228478464?s=20

މީގެ ދުވަސްކޮޅެއް ކުރިން ޑރ. އިޔާޒް ވަނީ އެމަނިކުފާނުގެ މާބަނޑު ދަރިފުޅު ކޮވިޑް-19އަށް ފައްސިވެ، ބަނޑުގައި އޮތް ދަރިފުޅު ނުތޮޅޭތީ، އަވަސް ފަރުވާ ލިބިވަޑައި ނުގެން އެ ހިތާމަވެރި ވާހަކަ ވެސް ހިއްސާ ކުރައްވައިފައެވެ. ނަމަވެސް ފަހުން ފަރުވާ ލިބިވަޑަައިގެންނެވި ކަމަށް ވެސް ވިދާޅުވިއެވެ.

"މެއި މަހުގެ 30 ވަނަ ދުވަހު ކަރަންޓީނު ހަމަވީ. އަލްޙަމްދުލިﷲ ދަރިފުޅާއި ކާފަ ދަރިފުޅުގެ ހާލު ވެސް ރަނގަޅު" ޑރ. އިޔާޒް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މިއީ ޑރ. އިޔާޒަށް ލިބިވަޑައިގަތް ދެވަނަ ކާފަދަރިފުޅެވެ. ފުރަތަމަ ލިބިވަޑައިގެންނެވީ ދަރިކަނބަލެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް