Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކުރެންދޫން ކުޑަކުއްޖަކު ކޮވިޑަށް ފައްސިވެ ރަށް މޮނިޓަރިންއަށް!

ޅ. ކުރެންދޫން ކުޑަކުއްޖަކު ކޮވިޑް-19އަށް ފައްސިވެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިމާއު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން ފައްސިވެފައި ވަނީ ކުޑަކުއްޖެއް ކަމަށާއި، އެއީ އަލާމާތްތައް ފެނިގެން ރަށު ފުލޫ ކްލިނިކަށް ދެއްކި ކުއްޖެއް ކަމަށެވެ.

ފައްސިވެފައި ވަނީ ގާތްގަނޑަކަށް އުމުރުން ހަތް އަހަރުގެ ފިރިހެން ކުއްޖެއް ކމަށް މައުލޫމާތު ލިބެއެވެ. އަދި މިހާރު މި ކުއްޖާގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ފެށިގެން ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށާއި، ދެން ކުރިއަށް އޮތީ ތަރުތީބެއް ނެތް ގޮތަށް ސުންކު ނެގުން ކަމަށް ރަށު ކައުންސިލުން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ރަށް މޮނިޓަރިންއަށް ލެވި ރޭގަނޑު 9އިން ފެށިގެން ރަށުގައި ކާފިއު އިއުލާން ކުރުމަށް ވަނީ ނިންމައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް