ކަރަންޓީނުގައި ނެތް ބަޔަކު ފައްސިވުމުން މީދޫ މޮނީޓަރިންއަށް
ގޭގައި ކަރަންޓީނުގައި ހުރި މީހަކާ ސީދާ އެއްތާވި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވުމުން ރ. މީދޫ މޮނީޓަރިންގެ ހާލަތަށް ލަައިފިއެވެ.
މީދޫ ސިއްޙީ މަރުކަޒުން ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ ގޭގައި ކަރަންޓީނުގައި ހުރި ފަރާތަކާ ސީދާ އެއްތާވި ކަމަށް ފާހަގަ ކުރެވުނު 2 މީހެއްގެ ސާމްޕަލް ކޮވިޑް19 އަށް ފައްސިވެފައިވާތީ، އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކާއި އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސިއްޙީ މަރުކަޒުން ވިދާޅުވެފައިވެއެވެ.
ކޮވިޑްގެ ފައްސި ވޭދަނަތައް ފެނި ރާއްޖޭގެ 70އަށް ވުރެ ގިނަ ރަށް މިވަގުތު އޮތީ މޮނިޓަރިންގައި ރަށަށް އަރައިފޭބުން މަނާކޮށްފައެވެ.
Ads by Allied Insurance