ޚަބަރު

ކޮވިޑް ގެ އަލާމާތްތަކެއް ހުރުމުން މަބްރޫކް އެކަހެރިވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑްް19 ގެ އަލާމާތްތަކެއް ހުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް، އަމިއްލައަށް އެކަހެރިވެވަޑައިގަންނަވައިފިއެވެ.

Ads by Hajj Corporation

މަބްރޫކު ވިދާޅުވީ، ކޮވިޑް 19ގެ އަލާމާތްތަކެއް ހުރުމުން އަމިއްލައަށް އެކަހެރިވެވަޑައިގެން ހުންނެވިކަމަށާއި، ކޮވިޑް19 އަށް ޓެސްޓްކޮށް ނަތީޖާ ނުލިބެނީސް އިތުރު ޕްރެސްއަކަށް އަރާވަޑައިނުގަންނަވާނެކަމަށެވެ.

ކޮވިޑް19ގެ ބަލިމަޑުކަން ފެށުނީސުރެއް ރައްޔިތުންނާ އެންމެގާތުން ހިދުމަތުގައި ހުންނެވި، މަބްރޫކް އެންމެ ފުރަތަމަ ހުންނެވީ ނޭޝަނަލް އިމަރޖެންސީ ސެންޓަރުގެ ތަރުޖަމާނަކަށެވެ. އޭގެ ފަހުން ރައީސް އޮފީހުގެ ތަރުޖަމާނެއްގެ މަގާމަށް ވަޑައިގެންނެވިއެވެ. ކޮވިޑްގެ މަސައްކަތުން އޭނާ ފަހުން ފެންނަށް ފެށީ ޙާލަތު ގޯސްވި ހިސާބުންނެވެ.

މި ފަހަކަށް އައިސް ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި މި ބަލީގައި ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ވެސް އިތުރެވެ.

ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ޓަކައި އެޗްޕީއޭއިން މިހާރު ވަނީ ކުރިން އެޅި ބައެއް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހަވީރު 4:00އިން އަނެއް ދުވަހުގެ ހެނދުނު 8:00އަށް ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ގެއިން ބޭރަށް ނުކުމެވެނީ ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!