Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބޭަސްތަކެއް ކާލި ކުޅުދުއްފުށީ ޒުވާނަކު އައިސީޔޫގައ

ގިނަ އަދަދެއްގެ ބޭސްތަކެއް ކާލައިގެން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ޒުވާން ފިރިހެނެއްގެ ހާލު ދެރަވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

“ދެން”އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ހެލްތު ސަރވިސް މެނޭޖަރު، އަހުމަދު ދާވޫދު ވިދާޅުވީ އެ ޒުވާނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ބުދަ ދުވަހުގެ ދަންވަރު 12:35ގައި ކަމަށެވެ. އަދި މިހާރު އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ދާވޫދު ވިދާޅުވިއެވެ.

“ބުދަ ދުވަހުގެ ދަންވަރު ހޮސްޕިޓަލަށް ގެނައީ. ގެނައި އިރު ހާލު ދެރަ. އެކަމަކު މިހާރު އޭނަގެ ހާލު ރަނގަޅު. އައިސީޔޫގަ ފަރުވާދެމުން ދަނީ” ދާވޫދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން ދާވޫދު ވިދާޅުވީ އިތުރު ފަރުވާއަށް މާލެ ފޮނުވާގޮތަށް އަދި ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި ބަލިމީހާގެ މައްސަލަ ފުލުހުންނަށް އަންގައިފައިވާ ކަމަށާއި މިހާރު މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށް ވެސް ދާވޫދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް