Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހަމަލާ ދިނުމަށް ބަޔަކު ފަންޑު ކޮށްފައިވާ ނަމަ އެ ބަޔަކު ހޯދޭނެ: ފުލުހުން

ހަމަލާ ދިނުމަށް ބަޔަކު ފަންޑު ކޮށްފައިވާ ނަމަ އެ ބަޔަކު ހޯދޭނެ: ފުލުހުން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަކީ ބަޔަކު ފަންޑުކޮށްގެން ދިން ހަމަލާއެއް ކަމުގައިވާ ނަމަ، އެ ބަޔަކު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ތަހުގީގުގެ މައުލޫމާތު ދެއްވުމަށް މިއަދު ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ފަރާތުން ޗީފް ސުޕަރިންޓެންޑަންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ވިދާޅުވީ މިހާތަނަށް ލިބިފައިވާ ސީސީޓީވީ ފުޓޭޖްތަކުން މުހިންމު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ނަމަވެސް އެކަމުގެ ތަފްސީލުތައް ހާމަ ނުކުރަނީ ތަހުގީގު ބައްޓަންކޮށްފައިވާ ގޮތުން ކަމަށެވެ.

ބަޝީރު އިތުރަށް ވިދާޅުވީ ރައީސް ނަޝީދަށް ދިން މި ހަމަލާގެ ތަހުގީގު ކުރިއަށް ގެންދަނީ ހަމަލާ ދިނުމުގައި ބަޔަކު މާލީ ގޮތުން އެހީތެރިވެފައިވޭތޯ ބަލައި އެކަން ވެސް ދެނެގަތުމަށް ކަމަށާއި މިކަމުގައި އެމެރިކާގެ ތަޖުރިބާކާރެއްގެ ލަފަޔާއި އެހީ ހޯދަމުން އަންނަ ކަމަށެވެ.

Advertisement
Ooredoo — Square (box)

މި ހަމަލާއަށް ފަންޑު ކުރީ ކޮން ބައެއްތޯ ރައީސް ނަޝީދު ވެސް މީގެ ކުރިން ވަނީ ސުވާލު ކުރައްވައިފައެވެ. އަދި އެ ސުވާލު ނޫސްވެރިން ވެސް މިއަދު ގެ ބައްދަލުވުމުގައި ގެންދެވީ ތަކުރާރުކޮށް ކުރަމުންނެވެ. އެ ސުވާލަށް ފުލުހުން ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާ ނަމަ، ތަހުގީގަށް މިހާރު ލަފާދޭ ތަޖުރިބާކާރުންގެ އެހީއާ އެކު އެކަން ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި މިކަމުގައި ކުރިއެރުންތައް ލިބިފައި ވީނަމަވެސް މިކަމާ ބެހޭ ގޮތުން ވެސް ތަފްސީލް ދެވެން ނެތީ ތަހުގީގާ ގުޅޭ ގޮތުން ކުރިއަށް ހުރި ކަންކަމަށް ހުރަސްއެޅިދާނެތީ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ 8:30 ހާއިރު ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން 25 ތަނެއް ބަލައި ފާސްކުރި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް