Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މޮޑާނާ އަދި ޖެންސެން ވެކްސިން ރާއްޖޭގައި ބޭނުން ކުރަން ހުއްދަ ދީފި

މޮޑާނާ އަދި ޖެންސެން ވެކްސިން ރާއްޖޭގައި ބޭނުން ކުރަން ހުއްދަ ދީފި

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ މޮޑާނާ އަދި ޖެންސެން ވެކްސިން ރާއްޖޭގައި ބޭނުން ކުރަން ހުއްދަ ދީފިއެވެ.

"ޖެންސެން" ވެކްސިނަކީ، ކޮވިޑް-19 އިން ދިފާއުވުމަށް ޖޯންސަން އެންޑް ޖޯންސަނުން އުފައްދައިފައިވާ ވެކްސިނެވެ. އަދި މޮޑާނާއަކީ ސްޕެއިންގެ ބަޔޯޓެކް ކުންފުނިން އުފައްދައިފައިވާ ވެކްސިނެކެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވިދާޅުވި ގޮތުގައި މި ދެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައި ވަނީ މިހާރުގެ ހާލަތަށް ބަލައި، "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖަންސީ ސިޓުއޭޝަން" ގައި ބޭނުން ކުރުމަށެވެ.

Advertisement
Allied — Dhen Online (box)

ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި މި ދެ ވެކްސިނަށް ވެސް ހުއްދަދީފައި ވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމަށެވެ.

މޮޑާނާ އަދި ޖެންސެންއަށް ހުއްދަ ދިނުމާ ގުޅޭގޮތުން އެމްއެފްޑީއޭއިން އިތުރަށް ވިދާޅުވީ މި ދެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ މިކަމުގައި ފުރިހަމަކުރަން ޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަކުރުމަށް ފަހު، ބަލަން ޖެހޭ ޓެކްނިކަލް ކަންކަން ބަލައި ފުރިހަމައަށް ދިރާސާކޮށް، އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާމަސޫޓިއަލް ބޯޓުގެ ލަފަޔާ މަޝްވަރާގެ މަތިން ކަމަށެވެ.

މިއަދު ހުއްދަ ދިން މި ދެ ވެކްސިނަކީ ވެސް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ "އެމަޖަންސީ ޔޫސް" ލިސްޓުގައި ހިމެނޭ ދެ ވެކްސިނެކެވެ. އެގޮތުން ޖެންސަން ވެކްސިން، 42 ގައުމެއްގައި އަދި މޮޑާނާ ވެކްސިން 49 ގައުމެއްގައި އަންނަނީ ބޭނުން ކުރަމުންނެވެ.

އެމްއެފްޑީއޭއިން ވިދާޅުވި ގޮތުގައި މި ދެ ވެކްސިން ބަލަހައްޓަން ޖެހެނީ މައިނަސް 25 ޑިގްރީ ސެލްސިއަސް އާއި މައިނަސް 15 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފިނިހޫނުމިނެއްގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް