ބަހުގެ އެކެޑަމީން ބާއްވާ އަދަބީ އީދު މި ފަހަރު އޮންލައިންކޮށް!

ދިވެހި އަދަބު ކުރިއެރުވުމާއި އަދަބީ އުފެއްދުންތައް ހުށަހެޅުމުގެ ހުނަރު ތަރައްގީކޮށް ދެމެހެއްޓުމަށް ޓަކައި ތަފާތު އަދަބީ ހަރަކާތްތަކެއް ހިމެނޭ ގޮތަށް ދިވެހި ބަހުގެ އެކެޑަމީން ބާއްވާ އަދަބީ އީދު މި ފަހަރު އޮންލައިންކޮށް ބާއްވަން ނިންމައިފިއެވެ.
އާންމުކޮށް ހުޅުވައިލައިގެން ބާއްވާ މި އަދަބީ އީދު ޚާއްސަ ކުރެވިފައި ވަނީ މައިގަނޑު ތިން އުމުރު ފުރައަކަށެވެ. އެގޮތުން 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ، 13 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ އަދި 17 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ.
މި އީދުގައި ޖުމުލަ ތިން މުބާރާތެއް ބޭއްވުމަަށް ވަނީ ނިންމައިފައެވެ. އެއީ ބަނދި ކިޔުމާއި ޅެން ކިޔުން އަދި ވާހަކަ ހުށަހެޅުމުގެ އިތުރުން ރައިވަރު ކިޔުމެވެ.
އަދަބީ އީދުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލެވިފައެވެ. މި އަދަބީ އީދުގައި ކޮންމެ ބައިވެރިއަކަށް ވެސް ބައިވެރި ވެވޭނީ ގިނަވެގެން ދެ މުބާރާތެއްގައެވެ. މުބާރާތުގައި ބައިވެރި ވެވޭނީ، ދިވެހި ބަހުގެ އެކެޑެމީން ތައްޔާރު ކޮށްފައިވާ ގޫގުލް ފޯމު ފުރިިހަމަ ކޮށްގެންނެވެ. އަދަބީ އީދަށް ހުށައަޅާ އުފެއްދުންތައް، ހުށަހެޅުމަށް 7986230އަށް ޓެލެގުރާމް ކުރުމަށް އެކެޑެމީން ވަނީ އެދިފައެވެ.
ހުށަހަޅާ އުފެއްދުންތައް ހުންނަން ވާނީ، އެމް.ޕީ 4 ފޯމެޓުގައި ލޭންޑްސްކޭޕް ކޮށެވެ، އަދި ޓެލެގުރާމަށް ފޮނުވާ ކޮންމެ އަދަބީ އުފެއްދުމެއްގައި ވެސް އެ ބައިވެރިއެއްގެ ނަމާއި، އެޑްރެހާއި އުމުރުފުރާ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަމްބަރު ޖެހުމަށް ފަހު ވީޑިއޯއާ އެކު މެސެޖެއް ފޮނުވުމަށް އެކެޑަމީން އެދެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑި ތިރީގައި އެވަނީއެވެ.
- 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާގެ ސުންގަޑިއަކީ 28 ޖޫން 2021
- 13 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާގެ ސުންގަޑިއަކީ 29 ޖޫން 2021
- 17 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ސުންގަޑިއަކީ 30 ޖޫން 2021






ކޮމެންޓް