މުނިފޫހިފިލުވުން

ރޭޕްގެ މައްސަލައެއްގައި "ނާގިން"ގެ "މާހިރު ޖީ" ހައްޔަރުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކަލާރސް ޗެނަލުން ދެއްކި ކާމިޔާބު ޓީވީ ޝޯ ނާގިން 3ގައި މާހިރްގެ ރޯލް އަދާ ކުރި ޕާރލް ޕޫރީގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށް އޭނާ ހައްޔަރުކޮށްފިއެވެ.

Ads by STELCO

ހަބަރުތައް ބުނާ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ޕާރލް ހައްޔަރުކޮށްފައި ވަނީ، ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރިކަމުގެ ތުޙުމަތުގައި މުމްބާއި ޕޮލިހުންނެވެ. އޭނާއާ އެކު އިތުރު ބައެއް ވެސް އެމައްސަލައިގައި ހައްޔަރުކޮށްފައި ވެއެވެ. އަދި ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ކޯޓުން ވަނީ އޭނާގެ ބަންދަށް 14 ދުވަސް ޖަހާފައިކަމަށް މައުލޫމާތު ލިބެއެވެ.

މިއާއެކު ޓީވީ އެކްޓަރުން ވަނީ އެއީ ދޮގު ތުހުމަތުތަކެއްކަމަށް ބުނެ ޕާރލްއަށް ސަޕޯޓް ދިނުމުގެ ގޮތުން ހޭޝްޓެގެއް ހަދައި ކެމްޕޭނެއް ފަށައިފައެވެ. މި ގޮތުން އޭނާއާ އެކު މަސައްކަތް ކުރި ފަންނާނުން އޭނާއާ އެކު ނަގައިފައިވާ ފޮޓޯތަކާ އެކު އޭނާއާ މެދު ކުރެވެނީ ދޮގު ތުހުމަތުތަކެއް ކަމަށް ދަނީ ބުނަމުންނެވެ. މީގެ ތެރޭގައި މަޝްހޫރު ޑައިރެކްޓަރ އެކްތާ ކަޕޫރު ވެސް ހިމެނެއެވެ.

އެކްތާ ބުނީ ރޭޕް ކުރިކަމަށް ބުނާ ކުއްޖާގެ މަންމައާ ވާހަކަ ދައްކާފައިވާ ކަމަށާއި އެކުއްޖާ ރޭޕް ކުރުމުގައި ޕާރލް ބައިވެރިވެފައި ނުވާކަމަށް އެކުއްޖާގެ މަންމަ ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެކްތާގެ މިވާހަކަތަކަށް މުމްބާއި ފުލުހުން ވަނީ ރައްދު ދީފައެވެ. ފުލުހުން ބުނީ ކުއްޖާގެ ބަޔާން ނަގައި މެޑިކަލް ޓެސްޓްތައް ހަދާފައިވާ ކަމަށާއި ޕާރލްގެ ބައިވެރިވުން އެކަމުގައި އޮތްކަމުގެ ހެކި ހުރި ކަމަށެވެ.

ޑްރާމާ ސީރީޒް ނާގިން 3އިން ބެލުންތެރިންގެ މަގްބޫލުކަން ހޯދި ޕާރލް ފާހަގަ ކޮށްލެވޭ ޑްރާމާތަކުގެ ތެރޭގައި، ބޭޕަނާ ޕިޔާރު އަދި ބްރަހަރަކްޝާ 2 ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!