ޚަބަރު

ޝައުނާއަށް ރުހުން ދޭން ކޮމިޓީން ނިންމައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް އައްޔަންކުރި އައިމިނަތު ޝައުނާއަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

Ads by STELCO

ޝައުނާއަށް ރުހުން ދޭން ފެންނަ ކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައިވާއިރު މިއަދުގެ މަޖިލިސް ޖަލްސާގައި އެ ރިޕޯޓުގެ މަސައްކަތް ކުރިއަށް ގެންދަން ވަނީ އެޖެންޑާކޮށްފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ އުވާލައްވައި އެންވަޔަރަމަންޓް މިނިސްޓްރީއާއި ކޮމިޔުނިކޭޝަން މިނިސްޓްރީ އެއްކޮށްލައްވައިފައެވެ.

ދެ މިނިސްޓްރީ އެއްކުރުމަށް ފަހު މިނިސްޓަރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް އައްޔަން ކުރައްވައިފައި ވަނީ އައިމިނަތު ޝައުނާއެވެ. އެކަމަނާއަށް މަގާމުގެ ފަތްކޮޅު ދެއްވީ މިދިޔަ މަހުގެ 5 ވަނަ ދުވަހުއެވެ.

ޝައުނާގެ އިތުރުން އެ ދުވަހު މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް، ހުޅުމާލެ. 10095 ޑރ ޙުސައިން ރަޝީދު ޙަސަން ވެސް ވަނީ އައްޔަން ކުރައްވައިފައެވެ.

ޑރ. ހުސައިން ރަޝީދު ހަސަނަށް ރުހުން ދިނުމަށް ކޮމިޓީން އަދި ނިންމައިފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!