ޚަބަރު

ޔާމީން ސަރުކާރުން ބެލީ އިންވެސްޓްމެންޓް ހިންގަން ގިނަފައިސާ ލިބޭނެ ގައުމެއް: ޝިޔާމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައީސް ޔާމީންގެ ސަރުކާރުން ބެލީ އިންވެސްޓްކުރާނެ ގިނަ ފައިސާ ހުރި ގައުމެއް ކަމަށާއި، އިންޑިޔާއަށް ވުރެ ގިނަ ފައިސާ ހުރީ ޗައިނާގައި ކަމަށް ވާތީ ގިނަ އިންވެސްޓްމެންޓްތަކަށް ޗައިނާއިން ފައިސާ ހޯދަން ފަސޭހަވުމުން ޗައިނާގެ އިންވެސްޓްމެންޓްތަކަށް ފުރުސަތު ދިނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އައްޑޫގައި ހުޅުވަން މަސައްކަތް ކުރަމުންދާ އިންޑިޔާގެ ކޮންސިއުލޭޓްގެ މައްސަލައާ ބެހޭ ގޮތުން “ސީއެންއެމްގެ” އިތުރު ކާފު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ޗައިނާގެ އިންވެސްޓްމެންޓްތައް ފެންނަން އެބަހުރި ކަމަށާއި ސަރުކާރަށް 3 އަހަރުވީ އިރު ވެސް އެއްވެސް އިންވެސްޓްމެންޓެއް ފެންނަން ނެތް ކަމަށެވެ.

ޝިޔާމް ވިދާޅުވީ އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ހުޅުވަނީ އިންޑިޔާ މީހުންގެ ޕްރެސެންސް އޮތީމަ ކަމަށް ބުނާ ކަމަށާއި އެ ސަބަބަށް ޓަކައި އައްޑޫގައި ކޮންސިއުލޭޓް ހުޅުވުމަށް ވުރެ ހަނިމާދޫގައި ހުޅުވުން މާ ރަނގަޅު ކަމަށާއި ހަނިމާދޫއިން 440 ގޯތި ކަނޑާހާ ބިން އިންޑިޔާއަށް ދީފައިވާ ކަމަށެވެ. އައްޑޫގައި ކޮންސިއުލޭޓު ހުޅުވުމުގެ ފައިދާ އޮތީ އިންޑިޔާއަށް ކަމަށް ފާހަގަ ކުރައްވަމުން ޝިޔާމް ވިދާޅުވީ، އިންވެސްޓްމެންޓް ހޯދަން ކޮންސިއުލޭޓެއް ހުރުން މުހިންމު ނޫން ކަމަށެވެ.

އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ހުޅުވުމަށް އިންޑިޔާގެ ކެބިނެޓުން ވަނީ ފާސްކޮށްފައެވެ. މި ކޮންސިއުލޭޓް ހުޅުވުމާ އެއްކޮޅަށް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ދަނީ އަޑު އުފުލަމުންނެވެ. އެހެން ނަމަވެސް އިދިކޮޅު މެންބަރުން ދަނީ އެކަމާ ދެކޮޅެވެ.

ރޭގެ ޕްރޮގްރާމްގައި ޝިޔާމް ވަނީ ރައީސް ނަޝީދަށް ދިން ހަމަލާ ކޮންމެ ޕްލެޓްފޯމެއްގައި ވެސް ކުށްވެރިކުރާނެ ކަމަށާއި މި ސަރުކާރުން ނަޝީދަށް އިންސާފު ހޯދައިނުދީފި ނަމަ ޕީޕީއެމްގެ ސަރުކާރެއްގައި ނަޝީދަށް އިންސާފު ހޯދައިދޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

Ads by PNC
  1. ޢަޙޮމަދު

    ޢަދި އިންވެސްޓްމަންޓް ތަކަށް ލިބޭ ފައިސާ ތަށް ކާލެވޭނެ ގޮތް ވެސް ބެއްލެވި އަދި އެކަން ވެސް ކުރެއްވި . ” މިބައި ސުރުޚީ އަށް އިތުރު ކޮށްލެއްވި ނަމަ ދޯ.