Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މި މަސް ނިމުމުގެ ކުރިން ވިލިމާލޭ ބުރިޖުގެ އަމަލީ މަސައްކަތް ފެށޭނެ: ރައީސް

މި މަސް ނިމުމުގެ ކުރިން ވިލިމާލޭ ބުރިޖުގެ އަމަލީ މަސައްކަތް ފެށޭނެ: ރައީސް

މި މަސް ނިމުމުގެ ކުރިން ވިލިމާލެ ބުރިޖުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ބްރިޖުގެ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންވަރާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިހާރު ކުރިޔަށްދަނީ ބިޑުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތް ހަވާލު ކުރާނެ ކުންފުންޏެއް ކުރިއަށް އޮތް ދެ ހަފްތާތެރޭ ނިންމަވާނެ ކަމަށެވެ.

ވިލިމާލެއާއި މާލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބުރިޖްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެޅުމަށް ހަމަޖެހިފައި ވަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ. ނަމަވެސް އެ އެހީގެ ބޮޑު ބަޔަކީ ލޯނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް