މުނިފޫހިފިލުވުން

މީހުންނަށް އެހީވުމުގައި ލާމަސީލު ސޯނޫ ސޫދު: އިތުރު 18 އޮކްސިޖަން ޕްލާންޓް ގާއިމް ކުރަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް19ގެ ފުރަތަމަ ރާޅާއެކު އިންޑިޔާގެ ފިލްމީ ތަރި ސޯނޫ ސޫދު ފެނިގެން ދިޔައީ މީހުންނަށް ހަމްދަރުދީވުމުގައި ލާމަސީލު ނަމޫނާއެއް ގޮތުގައެވެ. ކޮވިޑް 19ގެ ދެވަނަ ރާޅެއް އަރައި އިންޑިޔާ އޮކްސިޖަންއަށް ޖެހި ސަރުކާރުން ގޮތް ހުސްވި ވަގުތު ވެސް ރައްޔިތުންނާ އެންމެ ގާތުން، ސޯނޫ ދިޔައީ އެހީވަމުންނެވެ. ގޭގެއަށް އޮކްސިޖަން ސިލިންޑަރ ފޮނުވައިދިނުމުގައެވެ. ބޭސްފަރުވާ ބޭނުންވާ މީހުންނަށް އެހީވެ ބޭސް ފަރުވާ ކޮށްދިނުމުގައެވެ. މިއަދާ ހަމައަށް އައި އިރު ސޯނޫގެ އޯގާތެރިކަމާ އަޅައިލުން ފެނި އިންޑިޔާގައި މީހުން އޭނާއަށް އަޅުކަން ކުރާ ހިސާބަށް ވެސް އޮތީ ގޮސްފައެވެ.

Ads by Hajj Corporation

އަނެއްކާވެސް މިއޮތީ ސޯނޫގެ ނަމޫނާ މަަސައްކަތެއްގެ ވާހަކައެވެ. ސޯނޫއާއި ކްރިޕްޓޯ ރިލީފްއާ ގުޅިގެން އިންޑިޔާގެ ފަގީރު ސަރަހައްދުތަކުގައި 18 އޮކްސިޖަން ޕްލާންޓް އެޅުމުގެ ހުރިހާ ކަމެއް މިހާރު ހަމަޖެހި ނިމިފައިވާކަމަށް ސޯނޫގެ ޓީމުން މައުލޫމާތު ދެއެވެ.

އިންޑިޔާގެ ފަގީރު ސަރައްދުތަކުގައި އަޅާ މި 18 ޕްލާންޓާއެކު 5500 އެނދު ބަލިމީހުންނަށް ހިލޭ ފަރުވާ ދިނުމަށް ގާއިމްކުރެވޭނެއެވެ. މިއާ އެކު އެ ސަރަހައްދު ތަކަށް ދިމާވެފައިވާ އޮކްސިޖަން ލިބުމުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެން ދާނެކަމަށް ސޯނޫގެ ޓީމުން ބުނެއެވެ.

އިންޑިޔާގެ ކޮވިޑް 19ގެ ހާލަތު ގޯސްވެ ބޮލީވުޑް މަޝްހޫރު ގިނަ ފަންނާނުން ވަނީ ކޮވިޑް19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!