Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ ކޮވިޑް-19އަށް ފައްސިވެއްޖެ، ހާލުކޮޅު ރަނގަޅު

ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ ކޮވިޑް-19އަށް ފައްސިވެއްޖެ، ހާލުކޮޅު ރަނގަޅު

ކުރީގެ ރައީސް ,ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

މެޑަމް ނަސްރީނާ ކޮވިޑް-19އަށް ފައްސިކަން އެނގިފައި ވަނީ މިއަދު ކަމަށާއި އެ ކަމަނާ މިވަގުތު ހުންނެވީ ގެކޮޅުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެކަމަނާގެ ހާލުކޮޅު ރަނގަޅުކަން ވެސް އެނގިފައިވެއެވެ.

ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ ކޮވިޑް-19 އަށް ފައްސިކަން އެނގުނީ، ގޭގައި ދިރިއުޅުއްވާ އެހެން ބަޔަކު ވެސް މި ބައްޔަށް ފައްސިވުމުން، އެކަމަނާ ޓެސްޓު ކުރެއްވުމުންނެވެ.

Advertisement
Allied Insurance — Square (box)

ރައީސް މައުމޫން ވެސް ކޮވިޑަށް ޓެސްޓު ކުރެއްވި ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ނަތީޖާ ނައްސިކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް މައުމޫން ވަނީ މިދިޔަ އަހަރު އޮގަސްޓު މަހުގެ ފަހުކޮޅު ކޮވިޑަށް ފައްސި ވެފައެވެ. އަދި އެމަނިކުފާނަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް