Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

ވިޔަފާރިތަކުގެ ލޯނު ހަ މަސް ދުވަހަށް ފަސްކުރަން މެމްބަރުން ތާއީދު

ވިޔަފާރިތަކުގެ ލޯނު ހަ މަސް ދުވަހަށް ފަސްކުރަން މެމްބަރުން ތާއީދު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރިތައް ބަނގުރޫޓްވުމުގެ ފުރުސަތު އޮތުމުން، އެ ވިޔަފާރިތަކަށް ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ގޮވައިލައި ހުށަހެޅި ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ތާއިދު ކުރައްވައިފިއެވެ.

އެމްޑީޕީގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު ހުށަހެޅުއްވި މި ގަރާރަށް މެމްބަރުން ތާއީދު ކުރެއްވި ނަމަވެސް މޮރިޓޯރިއަމްގެ މުއްދަތު އިތުރުކޮށްފި ނަމަ ބޭންކުތަކާއި ދައުލަތުގެ އާމްދަނީއަށް އަސަރުކުރާނެ ކަމަށް ބުނެ މުއްދަތު އިތުރު ނުކޮށްދޭން މީގެ ދެ މަސް ކުރިން މަޖިލީހުން ފާސްކުރިއެވެ.

ނަމަވެސް މިއަދުގެ މަޖިލިސް ޖަލްސާގައި ގިނަ މެމްބަރުން ތާއީދު ކުރެއްވީ މޮރިޓޯރިއަމްގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދިނުމަށެވެ.

Advertisement
Ooredoo — Truecaller (box)

އެގޮތުން މި ގަރާރު ބަަލައިގަތުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަކަމަށް 48 މެމްބަރުން ވޯޓު ދެއްވައިފައި ވެއެވެ. އަދި ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރިތައް ބަނގުރޫޓްވުމުގެ ފުރުސަތު އޮތުމުން، އެ ވިޔަފާރިތަކަށް ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ގޮވައިލައި ހުށަހެޅި ގަރާރު އިތުރަށް ދިރާސާ ކުރުމަށް މިއަދު ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް