ޚަބަރު

މަސްތުގެ ހާލުގައި މިސްކިތްތުގައި ތިބި ކަމަށް ބުނާ 15 މީހަކު ހައްޔަރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަސްތުގެ ހާލުގައި މިސްކިތުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ 15 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރިކޯޑު އޮންނަ ކުށުގެ ވެށީގައި އުޅޭ މީހުންގެ ތެރެއިން، ބޭނުމެއް ނެތި މިސްކިތްތަކަށް ވަދެ އަދި މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ 15 މީހަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 7 މީހަކު ރިމާންޑް ސެންޓަރުގައި 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށާއި އަދި 8 މީހަކު ކަސްޓޯޑިއަލް ޖަލެއްގައި 3 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މާލޭގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކަމުގެ ޝަކުވާ މިސްކިތްތަކުގެ އިމާމުން ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އިމާމުން ބުނެފައި ވަނީ، މިސްކިތު ތެރޭގައި ސިނގިރޭޓު ބޮއެ، މަސްތުވާތަކެތި ބޭނުންކޮށް ނާޗަރަންގީ ކުޅުމަކީ މިފަހަކަށް އައިސް ކޮންމެ ދުވަހަކު ހިނގާ ކަންކަން ކަމަށެވެ.

  1. ވަހީދު

    ނަމާދުކޮށްގެންތިއްބާ ނިދުނީ. ޖަވާބަކ. އެމްެޑީޕީގެ ވެރިކަމެއްގަައި ކުށް ކުރ މީހުނ ގ ނުފޫޒާއ ބާެރު ގަދަވާނެ