Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކްރިމިނަލް ކޯޓުގެ ގާޒީ އަމިއްލައަށް އެދިލެއްވުމުން ޑްރަގް ކޯޓަށް ބަދަލުކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ އަމިއްލައަށް އެދިލެއްވުމުން ޑްރަގް ކޯޓަށް ބަދަލުކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒު މުޙައްމަދު ސަމީރު، ޑްރަގް ކޯޓަށް ބަދަލުކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވީ، ސަމީރު ކްރިމިނަލް ކޯޓުން ޑްރަގް ކޯޓަށް ބަދަލުކޮށްފައި ވަނީ ސަމީރު އަމިއްލައަށް އެދިވަޑައިގަތުމުން ކަމަށެވެ. އެއީ “ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތްކުރަމުން އައި ކޯޓާއި އެއްދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ދަށުންކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ގާޒީ ސަމީރު ޑްރަގް ކޯޓަށް ބަދަލު ކުރުމަށް ނިންމައިފައި ވަނީ މިމަހު 6 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 45 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ.

Advertisement
Ooredoo — Truecaller (box)

ސަމީރު ކްރިމިނަލް ކޯޓުން ޑްރަގް ކޯޓަށް ބަދަލު ކުރެއްވިއިރު، އޭނާއާ ގުޅޭ މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެގޮތުން ސަމީރާ ގުޅޭގޮތުން ބަލަމުންދާ މައްސަލައަކީ، އޭނާ ބައްލަވަމުން ގެންދަވާ މައްސަލައެއްގައި ދިފާއީ ވަކީލަށް ވާހަކަ ދެއްކެވުމަށް އެކަށީގެންވާ ފުރުސަތު ނުދިނުމާއި އެކަށީގެން ނުވާ ގޮތަށް ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދިޔުމުގައި އަމަލު ކުރެއްވި ގޮތާ ގުޅޭ މައްސަލައެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް