Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ބްލެކް ފަންގަސް ޖެހޭ މީހުން ގިނަ ވަނީ ހަކުރުބަލި ޖެހިފައި ތިބި މީހުން ގިނަކަމުން: ސިއްހީ މާހިރުން

ބްލެކް ފަންގަސް ޖެހޭ މީހުން ގިނަ ވަނީ ހަކުރުބަލި ޖެހިފައި ތިބި މީހުން ގިނަކަމުން: ސިއްހީ މާހިރުން

ކޮވިޑް-19އަށް ފަހު އިންޑިއާގައި ހަލުވިކަމާ އެކު މިހާރު ފެތުރެމުން އަންނަ ބްލެކް ފަންގަސް ބަލި، އެ ޤައުމުގައި ފެތުރުން އިތުރުވެފައި ވަނީ އިންޑިއާގައި ހަކުރުބަލި ޖެހިފައި ތިބި މީހުން ގިނަ ކަމުން ކަމަށް ސިއްޙީ ބައެއް މާހިރުން ބުނެފިއެވެ.

ބީބީސީގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ، 12،000އަށް ވުރެ ގިނަ މީހުން މިހާރު ވެސް އިންޑިއާއިން މި ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ކޮވިޑް-19 ޖެހި އެ ބަލިން ރަނގަޅު ވެފައި ތިބި މީހުން ކަމަށް ވެސް ބުނެފައިވެއެވެ.

ބައެއް ސިއްޙީ މާހިރުން ބުނެފައިވާ ގޮތުގައި އިންޑިއާގައި މި ބަލި ފެތުރުން އިތުރު ވެފައި މިވަނީ އެ ޤައުމުގައި ހަކުރުބަލި ޖެހިފައިތިބި މީހުން ގިނަކަމުންނެވެ.

Advertisement
Ooredoo — Truecaller (box)

"ހަކުރުބަލި ވަރަށް ބޮޑަށް ހުންނަ މީހުންނަށް ބްލެކް ފަންގަސް ޖެހުން ވަރަށް ގާތް. އިންޑިއާގައި އެ ބަލި ތަހައްމަލު ކުރަމުންދާ މީހުން ވަރަށް ގިނަ" ޔުނިވާސިޓީ އޮފް މެންޗެސްޓާރގެ އެކްސްޕާޓް އިން ފަންގަލް އިންފެކްޝަން ޑރ. ޑޭވިޑް ޑެނިންގ ބުނެފައިވެއެވެ.

ނަމަވެސް އިތުރު ކަންތައްތަކުގެ ސަބަބުން ވެސް ބްލެކް ފަންގަސް ފެތުރި ދާނެ ކަމަށާއި އެހެން ޤައުމުތަކުގައި ވެސް މި ބަލި ފެތުރޭ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އެގޮތުން މިހާތަނަށް މަދުވެގެން 38 ޤައުމެއްގައި "މިއުކޯމައިކޯސިސް" ނުވަތަ ބްލެކް ފަންގަސް ފެތުރިގެން ރިޕޯޓު ކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް އެންމެ ގިނަ ވޭދަނަތައް ރިޕޯޓު ކޮށްފައި ވަނީ އިންޑިއާގެ އިތުރުން ޕާކިސްތާނުގައެވެ.

މި ނުރައްކާތެރި ބަލީގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ދަށްކޮށްލާ، ލޮލުގެ ފެނުމަށް ވެސް އަސަރު ކުރެއެވެ. ނަތީޖާއެއްގެ ގޮތުން މި ފަންގަހުގެ އަސަރު ކޮށްފައި ހުންނަ ލޯ ބައެއް ފަހަރު ނަގަން ޖެހެއެވެ.

ފާއިތުވީ ދުވަސްތަކުގައި އިންޑިއާގައި ހަލުވިކަމާ އެކު މި ބަލި ފެތުރެމުން ދާއިރު، ބޮޑަށް މި ބަލި ޖެހިފައި ވަނީ ކޮވިޑް-19 އިން ރަނގަޅުވެފައިވާ ނުވަތަ ރަނގަޅު ވަމުން އަންނަ ފަރާތްތަކަށް ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އިންޑިއާގެ ބައެއް ޑޮކްޓަރުން ބުނެފައި ވަނީ ބްލެކް ފަންގަސް އުފެދުމާ ކޮވިޑަށް ފަރުވާ ހޯދަން ކާ ބޭހާ ކޮންމެވެސް ވަރަކަށް ގުޅުން އޮންނަ ކަމަށެވެ. އަދި ހަކުރު ބައްޔަށް ބޭސްކުރާ މީހުންނަށް މި ބަލީގައި ވާ ވަރު ބޮޑު ކަމަށް ވެސް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް