ދުނިޔެ

އެސްޓްރާޒެނެކާ ވެކްސިންގެ ދެ ޑޯޒް ދޭތެރޭގެ މުއްދަތާ މެދު ދެބަސްވުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އިން ދިފާއުވުމަށް އިންޑިއާގައި ދެމުން އަންނަ އެސްޓްރާޒެނެކާ ވެކްސިންގެ ދެ ޑޯޒްގެ ދެމެދަށް ދޫކުރާ މުއްދަތު އިތުރުކުރަން، އެ ގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެން ސިއްޙީ މާހިރުންނާއި ސަރުކާރާ ދެމެދު ދެބަސްވުންތަކެއް އުފެދިއްޖެއެވެ.

Ads by WAMCO

އިންޑިއާގައި އެސްޓްރާޒެނެކާ ވެކްސިންގެ ދެވަނަ ޑޯޒް ކުރިން ދެމުން އައީ ފުރަތަމަ ޑޯޒް ޖަހާތާ 8-6 ހަފްތާއާ ދެމެދުގައެވެ. ނަމަވެސް މިދިޔަ މަހު އެ ޤައުމުގެ ހެލްތު މިނިސްޓްރީން ވަނީ އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ 16-12 ހަފްތާ ފަހުން ދެވަނަ ޑޯޒް ޖަހާ ގޮތަށް ނިންމައިފައެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި އެފަދައިން ނިންމީ، ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސަރުކާރަށް ލަފާ ދޭ، ނޭޝަނަލް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަން (އެންޓީއޭޖީއައި)ގެ ލަފާގެ މަތިންނެވެ. އިންޑިއާ ސަރުކާރުން ބުނި ގޮތުގައި، އެންޓީއޭޖީއައިއިން އެ ގޮތަށް ލަފާ ދިނީ، ކޮވިޑުން ދިފާއުވުމުގައި އިނގިރޭސިވިލާތުގައި ކަންކުރަމުން އަންނަ ގޮތުގެ މައްޗަށް ބެލުމަށް ފަހުއެވެ.

ނަމަވެސް މި ކަމާމެދު އެ ގްރޫޕުގެ ބައެއް މެމްބަރުން ބުނީ ސަރުކާރުން އެ ގޮތަށް ނިންމީ، ސައެންޓިފިކް ގުރޫޕްގެ އެއްބަސްވުމެއް އޮވެގެނެއް ނޫން ކަމަށާއި އެގޮތަށް ލަފައެއް ދެވޭ ވަރުގެ ސައެންޓިފިކް މައުލޫމާތެއް ލިބިފައި ވެސް ނެތް ކަމަށެވެ.

އެންޓީއޭޖީއައި އިން ބުނި ގޮތުގައި އެސްޓްރާޒެނެކާގެ ދެ ޑޯޒްގެ ދެމެދު 8 ހަފުތާ އާއި 12 ހަފުތާއާ ދެމެދުގެ މުއްދަތަކަށް އިތުރުކުރުމާ މެދު އެ ގުރޫޕްގެ އެއްވެސް ދެބަސްވުމެއް ނެތެވެ. ސަބަބަކީ، އެ މިންވަރަށް މުއްދަތު އިތުރުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވެސް އިރުޝާދު ދީފައިވާތީއެވެ. ނަމަވެސް 12 ހަފުތާގެ ފަހުން ދެ ވަނަ ޑޯޒް ޖެހުމުން، އޭގެ ފައިދާ ކުރާ މިންވަރާ ބެހޭ ސައެންޓިފިކް އެއްވެސް މައުލޫމާތެއް ލިބިފައި ނެތް ކަމަށް ވެސް އެ ގުރޫޕުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!