ކުޅިވަރު

"ނޭނގިތިއްބައި" ރާއްޖެ އޭޝިއަން ކަޕް ކޮލިފައިންއަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

އޭޝިއަން ކަޕުގެ ކޮލިފިކޭޝަންގެ ޕްލޭއޮފްގައި ވާދަކުރަން ޖެހޭނެ ކަމަށް ރާއްޖެއިން ނިންމައިގެން ތިއްބައި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި، އޭއެފްސީން ރާއްޖެ ހިމަނައިފިއެވެ.

Ads by STELCO

މިއަދު ހެނދުނު އޭއެފްސީން އިއުލާން ކޮށްފައި ވަނީ، އޭޝިއަން ކަޕްގެ ކޮލިފައިން ބުރުން ރާއްޖެއަށް ޖާގަ ލިބިފައިވާ ކަމަށެވެ. ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން ސިލްސިލާކޮށް ކުރިއަށްގެންދާ ކޮލިފައިންގެ ދެވަނަ ބުރުގެ ކޮލިފިކޭޝަން މަރުހަލާގައި ރާއްޖެ ކުޅެން ޖެހޭ މެޗުތައް މިހާރު ނިމިފައިވާއިރު ރޭ ރާއްޖެއާއި ފިލިޕީންސް ބައްދަލު ކުރި މެޗު 1-1އިން ވަނީ އެެއްވަރު ވެފައެވެ.

ރޭގެ މެޗުން މޮޅުވެގެން ރާއްޖެ ޓީމަށް އޭޝިއަންކަޕްގެ ކޮލިފައިން ގުރޫޕު ސްޓޭޖަށް ދިއުމުގެ ފުރުސަތު އޮތެވެ. އެއީ ކޮލިފައިން ގްރޫޕްގެ ހަތަރު ވަނައިގައި ނިންމި ނަމަވެސް ހުރިހާ ގްރޫޕްތަކުގެ ހަތަރު ވަނައިގައި ނިންމާ ޓީމުތަކުގެ ތެރެއިން ގަދަ ހަތަރެއްގައި ހިމެނިގެންނެވެ.

ރޭ ރާއްޖެއިން ކުޅެ ނިންމައިލި ކޮލިފިޝަންގައި ރާއްޖެ އަށް ލިބުނީ ގްރޫޕްގެ ހަތަރުވަނައެވެ. ތިންވަނަ ހޯދި ފިލިޕީންސް ވެސް ވާދަކުރާނީ ސީދާ ކޮލިފިކޭޝަން ބުރުގައެވެ.

އޭއެފްސީން މިއަދު ނެރުނު ރޭންކިންގައިވާ ގޮތުން ހަތަރުވަނައިގެ ގޮތުގައި އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ ރާއްޖެ އާއި ނޭޕާލް، ހޮން ކޮންގް، ސިންގަޕޫރު، އަފްގާނިސްތާން، މޮންގޯލިއާ، ތައިލެންޑް އަދި ސްރީލަންކާއެވެ.

Ads by HDC
  1. އަލިބެ

    ދެން މިބަލަނީ ނޭނގި ތިއްބަ ވޯލްޑް ކަޕަށް ކޮލިފައިވާނެކަމަށް…….