ދުނިޔެ

އުތުރު ކޮރެއާއަށް ކާބޯތަކެތީގެ ދަތިކަމެއް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އުތުރު ކޮރެއާއަށް ކާބޯތަކެތީގެ ދަތި ކަމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެޤައުމުގެ ލީޑަރު ކިމް ޖޯން އުން ވިދާޅުވެއްޖެއެވެ.

Ads by WAMCO

އެޤައުމުގެ ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ކިމް ވިދާޅުވީ، ކޮރޯނާ ވައިރަހުގެ ވަބާއާ ގުޅިގެން އެޤައުމުގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.  އަދި މިއަހަރު އިޤްތިޞާދު ރަނގަޅުވަމުން އައި ނަމަވެސް ކާބޯތަކެތީގެ ދަތިކަން އަދިވެސް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކިމް ވިދާޅުވީ، މިދިޔަ އަހަރު އެޤައުމަށް މޫސުމީ އެތައް ތޫފާނެއް އަރައިފައިވާ ކަަމަށާއި މިކަމާ ގުޅިގެން އާބާދީއަށް ބޭނުންވާ ވަރަށް ކާބޯތަކެތި ނުއުފެއްދޭ ކަމަށެވެ. އަދި މި އަހަރު މިހާތަނަށް އިޤްތިޞާދު 25 އިންސައްތަ ރަނގަޅުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އުތުރު ކޮރެއާގެ ސަރުކާރުން ވަނީ އެޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރަން 5 އަހަރުގެ ޕްލޭނެއް އެކުލަވައިލައިފައެވެ. މި ޕްލޭންގެ ދަށުން ކާބޯތަކެތި ހެއްދުމަށާއި ދަނގަޑު އުފައްދާ އެ އެކްސްޕޯޓް ކުރުމަށް ސަރުކާރުން އިތުރަށް ޚަރަދު ކުރަން ވަނީ ނިންމާފައެވެ.

ކިމްވަނީ އުތުރު ކޮރެއާގެ ސަރުކާރުން ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދިމާވި އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް އެ ޤައުމުގެ ސަރުކާރުން ރައްޔިތުންނަށް ކާބޯތަކެތީގެ އިތުރުން އަންނައުނާއި ގެދޮރު އިމާރާތްކޮށްދިން ކަމަށް ވިދާޅުވެފައެވެ. އަދި ޤުދުރަތީ ކާރިސާތަކުން ސަލާމަތްވުމަށް އިތުރު ފިޔަވަޅު އަޅަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

އުތުރު ކޮރެއާއިން މިހާތަނަށް ކޮވިޑް-19 އެއްވެސް ވޭދަނައެއް ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ. ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ޖެނުއަރީ މަހު އުތުރު ކޮރެއާއަށް ނުވަދެވޭ ގޮތަށް ބޯޑަރު ބަންދު ކުރި ގޮތަށް އަދިވެސް ބޯޑަރު ހުޅުވައިފައެއް ނުވެއެވެ. އަދި އެތެރޭގެ އުދުހުންތައް ވެސް ވަނީ ބަންދުކޮށްފައެވެ.

އުތުރު ކޮރެއާގައި މިހާތަނަށް އެއްވެސް މީހަކަށް ކޮވިޑް-19 ވެކްސިން ދީފައެއް ނުވެއެވެ. ނަމަވެސް ކޮވެކްސް އިން އެ ގައުމަށް 2 މިލިޔަން ވެކްސިން ޑޯޒް ހަދިޔާ ކުރުމަށް ވަނީ ނިންމައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!