ދުނިޔެ

އިނގިރޭސިވިލާތުން ވެސް ކޮރޯނާ ވައިރަސް ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއެކި ފެތުރެމުންދާ ކޮރޯނާ ވައިރަސް އިނގިރޭސިވިލާތުން ވެސް ފެނިއްޖެ އެވެ. މިއީ އިނގިރޭސިވިލާތުން މި ބަލި ފެނުނު ފުރަތަމަ ފަހަރެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގެ ޗީފް މެޑިކަލް އޮފިސަރު ކްރިސް ވިޓީ ނެރުނު ބަޔާނެއްގައި ބުނީ ވައިރަސް ފެނިފައިވަނީ އެއް އާއިލާ އަކަށް ނިސްބަތްވާ ދެ މީހުންގެ ގައިން ކަމަށެވެ. ނަމަވެސް އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އެ ދެ މީހުންނަށް މިހާރު ފަރުވާދެމުންދާއިރު މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް ވެސް މިހާރު އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް ޗައިނާ އިން ވަނީ 213 މީހުން މަރުވެފައެވެ. އަދި މި ބަލި 9000 އަށްވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ރޭ ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ދުނިޔެ އަށް އިއުލާންކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!