Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް ރައީސްގެ ކޮއްކޯފުޅު އަވަހާރަވެއްޖެ

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް ރައީސްގެ ކޮއްކޯފުޅު އަވަހާރަވެއްޖެ

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކޮއްކޯފުޅު އަހުމަދު މުޙައްމަދު ޞާލިޙު އަވަހާރަވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޞާލިޙުގެ ކޮއްކޯފުޅު އަވަހާރަވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަވަހާރަވީ އިރު އެމަނިކުފާނު ހުންނެވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައެވެ.

ރައީސް ޞާލިޙުގެ އާއިލާގައި 12 ބޭފުޅުން ތިއްބަވާއިރު، ހަތަރު ބޭފުޅުންނަކީ ލޯފަން ބޭފުޅުންނެވެ. އޭގެ ތެރޭގައި ރޭ އަވަހަރާވި އަހުމަދު ވެސް ހިމެނެއެވެ. ރައީސް ޞާލިޙުގެ އެ ހަތަރު ކޮއްކޯފުޅުންގެ ތެރެއިން އަހުމަދު ފިޔަވައި ދެން ތިބި ތިން ބޭފުޅުންނަކީ ހާފިޒުންނެވެ. އަހުމަދު އަވަހާރަވީ ހާފިޒަކަށް ވެވަޑައިގަތުމަށް ކީރިތި ޤުރްއާން ހިތުދަސް ކުރައްވަމުން ގެންދަވަނިކޮށެވެ. އެހެންކަމުން އެމަނިކުފާނަށް ވެސް ހާފިޒުގެ ނަމުން މުހާތަބު ކުރެއެވެ.

Advertisement
Allied — Dhen Online (box)

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް