Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާލޭ ޑެޕިއުޓީ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ޒަމީރު

މާލޭ ޑެޕިއުޓީ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ޒަމީރު
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ބޭފުޅަކު ހޮވުމަށް މިއަދު ބާއްވާ ބައްދަލުވުމުގައި އެ މަގާމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވަން، މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ނިންމަވައިފިއެވެ. އޮންލައިން މީޑިޔާ “މިހާރު” އަށް މައުލޫމާތު ދެއްވަމުން މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލް މެމްބަރު ޒަމީރު ވިދާޅުވީ ޑެޕިއުޓީ މޭޔަރުކަމަށް ކުރިމަތިލީ ޕާޓީން އެދިގެން ނޫން ކަމަށާއި އެކަމަށް ޕާޓީން އެއްވެސް ޕްރެޝަރެއް ވެސް ކޮށްފައި ނުވާ ކަމަށެވެ. އަދި ޕާޓީ ތެރޭގައި އެފަދަ ވާހަކައެއް ދެކެވިފައި ނުވާކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ވާދަކުރެއްވުމަށް ޒަމީރު ނިންމަވައިފައިވާއިރު އެމަގާމަށް ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާނީ އަހުމަދު ނަރީޝްއެވެ.

ޕީޕީއެމް އޮފީހުގައި އިއްޔެ ބޭއްވި އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުންގެ ބައްދަލުވުމުގައި ނެގުނު ވޯޓުން ޑެޕިއުޓީ މޭޔަރުކަމަށް ކުރިމަތިލުމަށް ނަރީޝް އިންތިޚާބުވީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން ފަސް ބޭފުޅެއްގެ ވޯޓް ހޯއްދަވައިގެންނެވެ. ޑެޕިޔުޓީ މޭޔަރަކަށް ނަރީޝްއާ ވާދަ ކުރެއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއުއާއި ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީއެވެ. ޝުޖާޢުއަށާއި ނަހުލާއަށް ލިބިވަޑައިގަތީ 4 ވޯޓެވެ.
މާލޭ ސިޓީ ކައުންސިލްގެ ޖުމްލަ ގޮނޑީގެ އަދަދަކީ 19އެވެ. އޭގެ ތެރެއިން 13 މެމްބަރުންނަކީ ޕީޕީއެމްގެ މެމްބަރުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް