Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޑެޕިޔުޓީ މޭޔަރުގެ އިންތިޚާބާ ގުޅިގެން ޢަބްދުއްރަޙީމްގެ ތަޢުރީފް ޝުޖާއަށް

ޑެޕިޔުޓީ މޭޔަރުގެ އިންތިޚާބާ ގުޅިގެން ޢަބްދުއްރަޙީމްގެ ތަޢުރީފް ޝުޖާއަށް

މާލޭ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރެއް ކަނޑައެޅުމަށް މިއަދު ބޭއްވި އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސްގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ ސިޓީ ކައުންސިލް މެމްބަރު އިބްރާހީމް ޝުޖާއު ދެއްކެވި ނަމޫނާއަށް އެ ކޯލިޝަންގެ އެކްޓިން ލީޑަރު ޢަބްދުއްރަޙީމް ޢަބްދުﷲ ތަޢުރީފް ކުރައްވައިފިއެވެ.

ޑެޕިޔުޓީ މޭޔަރެއް ކަނޑައެޅުމަށް ޕީޕީއެމްއިން ބޭއްވި އެތެރޭގެ އިންތިޚާބުގައި ޝުޖާޢަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފައެވެ. އެ އިންތިޚާބު ކާމިޔާބުކޮށް މިއަދު ބޭއްވި ރަސްމީ އިންތިޚާބުގައި ޑެޕިޔުޓީ މޭޔަރަކަށް އިންތިޚާބުވެވަޑައިގަތީ މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝްއެވެ.

ނާކާޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް ޝުޖާ ވަނީ ޕީޕީއެމްއަށް އެ ގޮނޑި ކަށަވަރު ކުރުމަށް ކައުންސިލްގެ ހުރިހާ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އޭނާ ވިދާޅުވީ ޕީޕީއެމްގެ އާއިލާ އެކީ އޮތުމަކީ މަގާމަށްވުރެ މުހިންމު ކަމެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

މިކަމަށް އިޝާރާތް ކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ ވީޕީ ޝުޖާއަކީ ޑިމޮކްރަސީއަށް ފަރިތަ ބޭފުޅެއް ކަމަށާއި އަބަދުވެސް އަމިއްލަ މަސްލަހަތަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރައްވާތީ އުފާ ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އުފާވަނީ ވީޕީ ޝުޖާ އަމިއްލަ މަސްލަހަތަށްވުރެ އަބަދުވެސް ޕާޓީގެ މަސްލަހަތު އިސްކުރައްވާތީ ޝުޖާއަކީ ސިޔާސީ ކަންކަމަށް ތަސައްރަފް ފުދިފައި ހުރި ބޭފުޅެއްކަން ސާބިތުކޮށްދެއްވަމުން ގެންދެވީތީ"ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

https://twitter.com/banafsaa/status/1406917468392620032?s=21

ޑެޕިޔުޓީ މޭޔަރުގެ އިންތިޚާބު ނިމިގެން ގޮސްފައި މިވަނީ އެކަމާ ގުޅިގެން ޕީޕީއެމްގެ ތެރޭގައި ހަމަނުޖެހުން ބޮޑު ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ވަނިކޮށެވެ. ނަމަވެސް ނަރީޝް ވަނީ 12 ވޯޓް ހޯއްދަވައިފައެވެ. ސިޓީ ކައުންސިލްގައި ތިއްބަވަނީ ޕީޕީއެމްގެ 13 މެމްބަރުންނެވެ.

https://twitter.com/banafsaa/status/1406898068402868227?s=21

ޢަބްދުއްރަޙީމް ވަނީ މަގާމު ކަށަވަރު ކުރެއްވި ނަރީޝަށާއި ސިޓީ ކައުންސިލްގެ މެމްބަރުންނަށާއި ކޯލިޝަންގެ ލީޑަރު ރައީސް ޔާމީނަށް ވެސް މަރުޙަބާ ދަންނަވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް