ދުނިޔެ

ޔޯގާއިން ކޮވިޑް-19އާ ދެކޮޅަށް ރައްކާތެރިކަން ލިބޭނެ: މޯދީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑް-19 ވައިރަހާ ދެކޮޅަށް ޔޯގާއިން ރައްކާތެރިކަން ލިބޭކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނަރެންދުރަ މޯދީ މިހެން ވިދާޅުވުމާ އެކު އެގައުމުގައި 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަކަށް ވެސް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މިއަދަކީ ބައިނަލްއަގުވާމީ "ޔޯގާ ޑޭ" ކަމަށް ވުމާާއެކު އެ ގައުމުގައި މިއަދުން ފެށިގެން 18 އަހަރުން މަތީ މީހުންނަށް ވެކްސިން ދެމުން އަންނަނީ ހިލޭއެވެ.

މީގެ ކުރިން އިންޑިއާގައި ހިލޭ ވެކްސިން ދެމުން އައީ އުމުރުން 45 އަހަރުން މަތީ މީހުންނަށެވެ.

ކޮވިޑް-19ގެ ދެވަނަ ރާޅެއް އިންޑިއާއަށް ބިންދައިލުމާ އެކު ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދިޔައެވެ. އެހެން ނަމަވެސް މިހާރު ހާލަތު ރަނގަޅުވަމުން އަންނަ ވަރަކަށް އިންޑިއާގައި އަޅައިފައިވާ ފިޔަވަޅުތަކަށް އަންނަނީ މަޑުމަޑުން ލުއިތައް ދެމުންނެވެ. އެއާއެކު އިންޑިއާގައި ގިނަ ބަޔަކު ތޮއް ޖެހިގެން އުޅޭ މަންޒަރު ފެނި ޑޮކްޓަރުން އަންނަނީ އިންޒާރު ދެމުންނެވެ.

އިންޑިއާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އިންޑިއާ އާބާދީގެ 1.1 ބިލިއަން މީހުންނަށް ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމެވެ. އެހެން ނަމަވެސް އަހަރު ދެބައި ވެފައިިވާއިރު، މިހާތަނަށް އެމީހުންނަށް ޖެހިފައިވަނީ އެންމެ 275 މިލިއަން ޑޯޒެވެ. އަދި އެއީ މުޅި އިންޑިއާގެ އާބާދީގެ އެންމެ ހަތަރު އިންސައްތައެވެ.

މި ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާ ސަރުކާރުން ތަކުރާރުކޮށް އެ ގައުމުގެ ރައްޔިތުންނަށް އަންގައިދެމުން އައީ މިފަދަ ދަނޑިވަޅެއްގައި އެންމެ ރަނގަޅު ވާނީ، ޔޯގާގެ އިތުރުން ފަތްޕިލާވެލީގެ ބާވަތްތައް ކަމެވެ. އެހެންކަމުން އެ ގައުމުގައި އެ ތަކެތީގެ އަގު ވަނީ އެތައް ގުނައަކަށް އުފުލިފައެވެ.

Ads by HDC
  1. އާކިފް

    ނޫނޭ ބަކަރީގެ ނަޖިސް ބޮއިގެން

  2. ބިރުބޮޑު

    ޔޯގާއިން ކޮވިޑް ބަލިފިލާނަމަ އިންޑިއާއިން ކީއްކުރަން ބޭކާރު ވެކްސިން ހެދީ؟