Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނަފުރަތުގެ ބިލް ފާސްކޮށްދިނުމަށް އެމްޑީޕީން ސަރުކާރަށް ގޮވައިލައިފި

ނަފުރަތުގެ ބިލް ފާސްކޮށްދިނުމަށް އެމްޑީޕީން ސަރުކާރަށް ގޮވައިލައިފި

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއްކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލް ފާސްކޮށްދިނުމަށް އެމްޑީޕީން ސަރުކާރަށް ގޮވައިލައިފިއެވެ.

އެމްޑީޕީން ވިދާޅުވީ ނަފުރަތުގެ ބިލް ހުށައަޅާފައި ވަނީ ދީން ހަތިޔާރަކަށް ބޭނުންކޮށްގެން، މުސްލިމުންގެ ބޮލުގައި ދީނާއި ގުޅުވައި ތަފާތު ލޭބަލްތައް އަޅުވައި، މުޖުތަމައުގައި ވަކިވަކި ފަރުދުންނާ މެދު ނަފްރަތު އުފައްދައި، އާޚިރު ނަތީޖާއެއްގެ ގޮތުން، އެމީހުންގެ ލޭ ހުއްދަކަމަށް ބަޔަކަށް ޤަބޫލުކުރެވި، އެމީހުން މަރައި އަދި، ގެއްލުވާލުމުގެ ހާދިސާތަކެއް ދިވެހިރާއްޖޭގައި ހިނގައިފައިވާތީ، ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިބިލަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ ނަފްސު ރައްކާތެރިކުރުމާއި، ދިރިހުރުމުގެ ހައްޤު ކަށަވަރުކުރުމަށް މުހިއްމު ބިލެއްކަމަށް އެމްޑީޕީ ވިދާޅުވިއެވެ.

ނަފްރަތުގެ ބިލުގެ މަޖިލީހަށް ހުށައެޅި ހިސާބުން ފެށިގެން ބިލާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ޝުއޫރުތަކެއް އުފައްދައި، މި ބިލަކީ ދީނާ ޚިލާފު ބިލެއްކަމަށް ރައްޔިތުންނަށް ވިސްނައިދޭން ބަޔަކު މީހުން ކުރަމުން ގެންދާ ނުރައްކާތެރި މަސައްކަތް އެމްޑީޕީން ވަނީ ކުށްވެރިކޮށްފައެވެ.

Advertisement
Ooredoo — Square (box)

"މި ޕާޓީއިން އެދެނީ ވީހާވެސް އަވަހަކަށް މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ދީނާ ގުޅުވައިގެން، މުޖުތަމައުގައި ވަކިވަކި ފަރުދުންނާ މެދު ނަފްރަތު އުފެއްދުމުގެ އަމަލުތަކަށް ނިމުމެއް އައުމެވެ. އަދި ކޮންމެ ރައްޔިތަކަށް ވެސް، އަމިއްލަ ނަފްސުގެ ރައްކާތެރިކަން އޮތް ތަނެއްގެ ގޮތުގައި މި ގައުމު ބިނާކުރުމަކީ މި ޕާޓީގެ އެންމެ އިސް އެއް އަމާޒު" އެމްޑީޕީން ވިދާޅުވިއެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސް ކުރުމާ ދެކޮޅަށް ގިނަަ ކައުންސިލްތަކަކުން ދަނީ ބަޔާން ނެރެމުންނެވެ. އަދި މިބިލާ ދެކޮޅަށް ސޯޝަލް މީޑިޔާގައި ދަނީ ބޮޑު ކެމްޕޭނެއް ވެސް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް