ވިޔަފާރި

އިންކަމް ޓެކްސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މިއަހަރުގެ ޖެނުއަރީމަހު 1 ވަނަ ދުވަހުން ފެށިގެން އާމްދަނީން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް މިހައިތަނަން 1.1 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އިންކަމް ޓެކްސްގޮތުގައި މިއަަހަރުގެ މިހައިތަނަށް 2.5 ބިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ލިބިފައިވާއިރު މިއީ ދައުލަތަށް ލިބޭ އާމްދަނީގެ 18 އިންސައްތަ ހިއްސާއެވެ.

Ads by Sosun Fihaara

މިއަހަރުގެ މިހާތަނަށް އިންކަމް ޓެކްސްގެ ގޮތުގައި 1.1 ލިބިިފައިވާ އިރު އިންކަމް ޓެކްސް ބަޔާން ހުށަހެޅުމަށާއި ފައިސާ ދެއްކުމަށް އިތުރު ވަގުތު ދީފައިވާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

އިންކަމް ޓެކްސް ދައްކާ ސުންގަޑި އިތުރުކުރީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ޓެކްސް ދައްކާ މީހުންނަށް ދަތިތަކާ ދިމާވެފައިވާތީ އެކަމަށް ލުއި ދިނުމަށް ކަމަށް މީރާއިން ބުނެއެވެ. އަދި މި ދުވަސްވަރު ޓެކްސް ބަޔާނާއި ފައިސާ ދައްކާ މީހުންނަށް "މީރާ ކަނެކްޓް" މެދުވެރިކޮށް އެ ހިދުމަތް ހޯދޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އިންކަމް ޓެކްސް ދައްކަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ އަންނަ އޮގަސްޓު މަހުގެ 31 ވަނަ ދުވަސް ކަމަށް މީރާއިން ވަނީ ބުނެފައެވެ.  އަދި މިއަހަރު ހުށަހަޅަން ޖެހޭ ފުރަތަމަ އިންޓެރިމް ބަޔާނާއި އިންޓެރިމް ފައިސާ ދެެއްކުމުގެ މުއްދަތު ސެޕްޓެމްބަރު މަހުގެ 31 އަށް އިތުރުކޮށްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އިންކަމް ޓެކްސްގެ އެ ގާނޫނުގައިވާ ގޮތުން އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީއަކުން އެ ޓެކްސް ނަގާނެއެވެ. އެގޮތުން މަހަކު 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުން އެ އަދަދުގެ 5.5 ޕަސެންޓް ފައިސާ ދައުލަަތަށް ދައްކަން ޖެހެއެވެ. އަދި 100،000 ރުފިޔާ އާއި 150،000 ރުފިޔާއާ މެދުގެ އާމްދަނީން 8 ޕަސެންޓް ނަގާނއެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން މީރާއިން ވަނީ ޓެކްސް ބަޔާނާއި ޓެކްސް ދައްކާ ފަރާތްތަކުން އޮންލައިންކޮށް ހިދުމަތް ހޯދަން އިލްތިމާސްކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!