Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

ކުޑަކުއްޖެއް ރަހީނުކޮށް މަރައިލި މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް

ކުޑަކުއްޖެއް ރަހީނުކޮށް މަރައިލި މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް
ރަހީނުކޮށް މަރައިލައި އަދި ފޮއްޓަކަށްލައި އެއްލައިލައިފައި އޮތް 13 އަހަރުގެ ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ. މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން މިއަދު މަޖީލީހަށް ހުށައެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުން އިއްތިފާގުންނެވެ.

އެމައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެމްބަރު ފިރުޝާން ވިދާޅުވީ އެންމެ 13 އަހަރުގެ ކުޑަކުއްޖަކު މަރައިލުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި އެކުއްޖާއަކީ ދައުލަތުން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ކުއްޖެއްކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައިވާއިރު، އެއީ މި މައްސަލައިގައި އިތުރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އަދި މިމައްސަލައިގައި ދައުލަތުގެ އެއްވެސް އިދާރާއެއްގެ އިހުމާލެއްވޭތޯ ބަލައި ކުއްޖާއަށް އެންމެ އަވަހަކަށް އިންސާފު ހޯދައި ދިނުމަށް ކަމާ ގުޅޭ އިދާރާތަކަށް ފިރުޝާން ވަނީ ގޮވައިލައްވައިފައެވެ.

މީގެ އިތުރުން ވެސް މިމައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އިއްޔެ ވަނީ ކުއްލި ބައްދަލުވުމެއް ވެސް ބާއްވައިފައެވެ.

ރަހީނުކޮށް، އަނިޔާ ކުރުމަށް ފަހު މަރައިލައިފައި އޮއްވާ އިއްޔެ ރޭ ދަންވަރު ފެނުނު 13 އަހަރު ކުއްޖާގެ ޕޯސްޓް މޯޓަމް ހެދުމަށް އިންޑިޔާއަށް ގެންދިޔުމަށް ނިންމައިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް