ޚަބަރު

ފަރުވާއަށް ދަތިކަމެއް ނެތް، 2400 ޞިއްހީ ހިދުމަތްތެރިން މަސައްކަތުގައި: ނަސީމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑާ ގުޅުން ހުރި އާއްމު ފަރުވާތައް ދިނުމުގައި ދަތިނުވާ ވަރަށް ވަސީލަތްތައް އެބަހުރި ކަމަށާއި ހިދުމަތް ދިނުމުގައި 2400އަށް ވުރެ ގިނަ ސިއްޙީ ޚިދުމަތްތެރިން ހަރަކާތްތެރިވަމުންދާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރާއްޖޭގައި ކޮވިޑްގެ ފަރުވާދިނުމުގައި ހުރި ވަސީލަތްތަކާ ބެހޭ ގޮތުން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙުމަދު ޙައިތަމް ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ކޮވިޑަށްދޭ އާއްމު ފަރުވާއާއި ފެސިލިޓީތަކުގެ މަސައްކަތްކުރާ މުވައްޒަފުންނާ އެކު، 2460 ސިއްހީ އެހީތެރިން މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ފެސިލިޓީތަކުގައި ހުރި މެޝިނަރީއާ ވަސިލަތްތަކުގެ އިތުރުން ބޭހާ އޮކްސިޖަން ވެސް ރާއްޖޭގެ ޙާލަތަށް ދަތިނުވާ ވަރަށް އެބަހުރި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ފަރުވާއަށް ބޭނުންވާ އޮކްސިޖަން ލިބުމުގައި ވެސް ދަތިކަމެއް ނެތް ކަމަށާއި މޯލްޑިވް ގޭހުގެ 3 ޕްލާންޓާ، އައިޖީއެމް ހޮސްޕިޓަލާ ކުޅުދުއްފުށި އަދި އައްޑޫގައި ހުރި އޮކްސިޖަން ޕްލާންޓުން ބޭނުންވާ މިންވަރަށް އޮކްސިޖަން އުފައްދާ ކަމަށެވެ.

ނަސީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިވަގުތު 5700 އޮކްސިޖަން ޖަމްބޯ ސިލިންޑަރު އެބަ ހުއްޓެވެ. އަދި މި ތަކެތީގެ ތެރެއިން ފެސިލިޓީތަކަށް ބޭނުންވާ މިންވަރަށް ސިލިންޑަރު މިހާރު ފޮނުވައިފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޙާލަތު މާބޮޑަށް ގޯސްވެއްޖެ ނަމަ، އެހެން ފަރުވާތައް ޑައުންގްރޭޑްކޮށް ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ %40 ބޭނުން ކުރާނީ ކޮވިޑް ބަލީގެ ފަރުވާއަށް އެހީވުމަށް ކަމަށެވެ.

ރާއްޖޭގެ ކޮވިޑް19ގެ ހާލަތު އެންމެ ގޯސްވެފައި ވަނީ މިދިޔަ މެއިމަހުގައެވެ. އެމަހު އެކަނި ވެސް ރާއްޖެއިން ވަނީ މިބަލީގެ 50އަށް ވުރެ ގިނަ މީހުން ނިޔާވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!