މަސް ދުވަސް ފަހުން ނޭކުރެންދޫ މޮނިޓަރިން ހާލަތުން ނަގައިފި
ކޮވިޑް-19ގެ ވޭދަނަތަކެއް ފެނުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މޮނިޓަރިންގެ ހާލަތަށް ލައިފައިވާ ހދ.ނޭކުރެންދޫ މޮނިޓަރިންގެ ހާލަތު އުވައިލައިފިއެވެ.
އެ ރަށް މޮނިޓަރިންގެ ހާލަތުން އުވައިލައިފައި ވަނީ އެ ހާލަތަށް ގެނައިތާ 1 މަސް ފަހުންނެވެ.
އެ ރަށް މޮނިޓަރިންގެ ހާލަތަށް ލެވުނީ އެ ރަށުން ތަރުތީބެއް ނެތި ނެގި ސުންކެއް ފައްސިވުމާ ގުޅިގެންނެވެ. އަދި އޭގެ ފަހުން އެ ރަށުގައި ޖަމާއަތީ ފެތުރުމަކަށް ގޮސްފައިވާކަމަށް އެޗްޕީއޭއިން ނިންމައި މޮނިޓަރިންގެ ހާލަތަށް ރަށް ގެނެވުނެވެ.
އޭގެ އެއް މަސްފަހުން މިއަދު އެޗްޕީއޭއިން އެ ރަށު ކައުންސިލަށް ފޮނުވި ލިޔުމުގައި ވިދާޅުވެފައި ވަނީ ކޮވިޑް-19އިން ރައްކާތެރިވުމުގެ ޤާނޫނުލް އުޤޫބާތުގައި ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، އެ ރަށުގައި މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ ރަށް މޮނިޓަރިންގެ ހާލަތުން ނަގައިފައި ވީ ނަމަވެސް މިހާރު ވެސް އެ ރަށުގައި ހަރަކާތްތެރި 3 ވޭދަނައެއް އެބައުޅެއެވެ. ނޭކުރެންދޫން ޖުމުލަ 95 މީހަކު ކޮވިޑަށް ފައްސިވީ އިރު 92 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ނެއްލައިދޫ ކޮންއިރަކު ތޯ މުނީޓަރު ހާލަތައްލީ މިހެން ބުުނީ ނެއްލައިދޫތޯ ނުވަތަ ނެއިކުރަންދޫތޯއެ މި ދެރަށްއޮޅޭވަރިުން