Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މިއީ ނަފްރަތު އުފައްދަން މީކާއިލް ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެއް، މިކަން ބަލައިދީ: ޑރ. އިޔާޒް

މިއީ ނަފްރަތު އުފައްދަން މީކާއިލް ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެއް، މިކަން ބަލައިދީ: ޑރ. އިޔާޒް

އަންހެނުން ހިތާނު ކުރަން ހިތްވަރު ދޭ ކަމަށް ބުނެ ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒާ ދެކޮޅަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މައްސަލަ ހުށައެޅުމަކީ، ނަފްރަތު އުފައްދަން ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމުގައި ޑރ. އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިއަދު މިރޭ ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ މިއީ އެމަނިކުފާނުގެ ބޮލުގައި ދޮގު އިލްޒާމު އަޅުވައި ނަފްރަތު އުފައްދަން މީކާއިލް ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

"މިކަން ބަލައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ގޮވައިލަން" ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/dr_iyaz/status/1407661555999670279?s=20

ޑރ. އިޔާޒް މިހެން ވިދާޅުވެފައި މިވަނީ އަންހެނުން ހިތާނުކުރުމުގެ ނަމުގައި ހިންގާ، "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް)އަށް ހިތްވަރު ދިން ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މީކައިލް ހުށަހެޅުމުންނެވެ.

އަންހެންކުދިން ހިތާނު ކުރަން ހިތްވަރު ދޭފަދަ ގޮތަކަށް ވާހަކަ ނުދައްކަވާ ކަމަށް ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. އިޔާޒު ވަނީ މިއަދު ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް