Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކުޑަކުދިންނަށް ދިމާވާ ހިތާމަވެރި ކަންކަމަކީ ވަކި މިނިސްޓަރަކަށް އިނގިލި ދިއްކޮށްގެން ހައްލު ކުރެވޭ ކަމެއް ނޫން: ޝިދާތާ

ކުޑަކުދިންނަށް ދިމާވާ ހިތާމަވެރި ކަންކަމަކީ ވަކި މިނިސްޓަރަކަށް އިނގިލި ދިއްކޮށްގެން ހައްލު ކުރެވޭ ކަމެއް ނޫން: ޝިދާތާ

ކުޑަކުދިންނަށް ދިމާވާ ހިތާމަވެރި ކަންކަމަކީ ވަކި މިނިސްޓަރަކަށް އިނގިލި ދިއްކޮށްގެން ހައްލު ކުރެވޭ ކަމެއް ނޫން ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

ސީއެންއެމްއިން ދެއްކި ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޝިދާތާ މިހެން ވިދާޅުވީ އުމުރުން 13 އަހަރުގެ ކުޑަކުއްޖެއް ރަހީނު ކުރުމަށް ފަހު ވަރަށް އިހާނެތިކޮށް މަރާލާފައިވުމާ ގުޅިގެންނެވެ. އެގޮތުން ޝިދާތާ ވިދާޅުވީ މި މައްސަލަތަކުގައި ގްރެވިޓީ ހުރި މިންވަރު އެނގިގެން ގޮސްފި ކަމަށެވެ.

މީގެއިތުރުން ޝިދާތާ ވިދާޅުވީ އެކަމަނާގެ މިނިސްޓަރު ކަމުގައި މިފަދަ މައްސަލަތައް ފެންމަތިވެ އޭނާއަށް ކުރިމަތިވި ގިނަ ފާޑު ކިޔުންތަކާ އެކު އޭނާ ޖެންޑާ މިނިސްޓަރު ކަމުން ދުރަށް ދިޔަ ކަމަށާއި އެކަމަކު ވެސް ހަމަ އެފަދަ މައްސަލަތައް ފުލުފުލުގައި ތަކުރާރުވަމުން މިއަދާ ހަމަޔަށް އަންނަމުން ދިއުމަކީ ވަކި މީހަކާ ދިމާލަށް އިނގިލިދިއްކޮށް ވަކި މިނިސްޓަރެއްގެ ސަބަބުން ދިމާވަމުން އަންނަ ކަމެއް ނޫންކަން ވަރަށް ބޮޑަށް ހާމަ ވެގެން ގޮސްފި ކަމަށެވެ.

Advertisement
HDC — Sidebar (box)

"މީކީ ވަކި މިނިސްޓަރަކަށް އިނގިލި ދިއްކޮށްގެން ހައްލު ކުރެވޭކަމެށް ނޫންކަން އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑަށް ސާބިތުވެގެން ހިންގައްޖެހެން"  ޝިދާތާ ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކަކީ ވަރަށް ބޮޑަށް އިދާރާތައް ގުޅިގެން ހައްލު ހޯދަން މަސައްކަތް ކުރަންޖެހޭ މައްސަލަތަކެއްކަން ވެސް ޝިދާތާ ފާހަގަ ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް