Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޫއްޑޫން އިތުރު ބަޔަކު ކޮވިޑަށް ފައްސިވެއްޖެ

ކޫއްޑޫން އިތުރު ބަޔަކު ކޮވިޑަށް ފައްސިވެއްޖެ

ކޫއްޑޫން އިތުރު 6 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

ގއ. އަތޮޅު ހޮސްޕިޓަލުގެ ހިސާބުތަކަށް ބަލާއިރު ކޫއްޑޫން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑް-19އަށް 6 މީހަކު ވަނީ ފައްސިވެފައެވެ. މިކަމާ ގުޅިގެން ފައްސިވި 2 ފަރާތް ކަރަންޓީނު ކުރެވި، ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިއާ އެކު ކޫއްޑޫއިން ފައްސިވި މީހުންގެ ޖުމުލަ އަދަދު ވަނީ 31އަށް އަރައިފައެވެ.

ކޫއްޑޫ "ރަންދި26" ނަމަކަށް ކިޔާ ބޯޓެއްގެ ފަޅުވެރިން ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން ކޫއްޑޫން މަސްކިރުވި 25 ދޯންޏެއްގެ ފަޅުވެރިން ވަނީ ކަރަންޓީނު ކުރެވިފައެވެ. އަދި ގުޅުންހުރި ވޭދަނަތަކެއް ގއ.މާމެންދޫއާއި ގއ.ކޮލަމާފުށިން ވެސް ވަނީ ފެނިފައެވެ.

Advertisement
Ooredoo — Square (box)

މިކަމާ ގުޅިގެން ކޫއްޑޫ މޮނިޓަރިން ހާލަތަށް ލެވިފައި ވަނީ ޖޫން 12 ގައެވެ.

ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްއިން ވަނީ އެއްވެސް ފަރާތަކަށް ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ލަސް ނުކުރައްވައި ކަމާ ބެހޭ ފަރާތްތަކަށް އެންގެވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް