Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސަލާންޖަހާ މުއްސަންޖެއް އުރުދުންއިން ހައްޔަރުކޮށްފި

ސަލާންޖަހާ މުއްސަންޖެއް އުރުދުންއިން ހައްޔަރުކޮށްފި

އުރުދުންގެ މަގުތަކުގައި ސަލާން ޖަހަމުން ދިޔަ މުއްސަންޖެއް އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

އުރުދުންގެ މީޑިއާތައް ބުނާ ގޮތުގައި ހައްޔަރުކުރި މީހާއަކީ ހުޅަނގު އައްމާންގެ ސިގްނަލް ލައިޓްތައް ދޮށުގައި ސަލާން ޖަހަމުން ދިޔަ 39 އަހަރުގެ ފިރިހެނެކެވެ. ފުލުހުންގެ ސަމާލުކަމަށް އޭނާ ގެނައީ އެ ސަރަހައްދުގެ ބައެއް އާންމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާއަކީ ޑްރައިވިން ސުކޫލު ވިޔަފާރި ކުރާ މީހެކެވެ. އަދި އޭނާގެ އަމިއްލަ ފަސް ކާރު އޮވެއެވެ. މީގެ އިތުރުން އިޖުތިމާއީ އެހީތެރިކަމުގެ ދަށުން ވެސް އޭނާއަށް މަހަކު 450 ދީނާރު (ގާތްގަޑަކަށް 10ހާސް ރުފިޔާ) ލިބެއެވެ.

Advertisement
Ooredoo — Truecaller (box)

އޭނާ ސަލާން ޖަހަމުން ދިޔައީ އާއިލީ ޚަރަދުތައް ދެކޮޅު ނުޖެއްސޭތީ އެކަންކަން ފުއްދަން ކަމަށް ބުނެއެވެ.

އުރުދުންގެ ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ ސަލާން ޖަހާ މީހުންނާ މެދު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މަސައްކަތެއް ނުކޮށް ސަލާން ޖަހައިގެން އެކަނި ބައެއް މީހުން ފޯރާ މުއްސަނދިންނަށް ވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް