Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަގުމަތީ ހުންނަ ބާ ސައިކަލުތައް ނަގަނީ

މަގުމަތީ ހުންނަ ބާ ސައިކަލުތައް ނަގަނީ
ބޭނުންނުކޮށް ބާވެފައި ހުންނަ ސައިކަލުތައް މާލެ މަގުމަތިން ނެގުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށަން މާލެ ސިޓީ ކައުންސިލުން މަސައްކަތް ފަށައިފައެވެ. މި މަޝްވަރާތައް ކުރުމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި މާލޭ ސިޓީގެ މަގުތައް ބަލަހައްޓާ މުއައްސަސާތަކާއި ކުންފުނިތައް ބައިވެރިވެފައި ވާއިރު ފުލުހާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީން ވެސް  ބައިވެރިވިއެވެ.

ބާވެ ބޭނުން ނުކޮށް މާލޭ މަގުތައް މަތީ ހުރި ސައިކަލްތައް ނެގުމުގެ މަސައްކަތް ވީހާ ވެސް އަވަހާ ފަށާނެކަމަށް މޭޔަރު ވިދާޅުވި ނަމަވެސް އެ މަސައްކަތް ފަށާނެ ވަކި ތާރީހެއް ވިދާޅުވެފައެއް ނުވެއެވެ.

މާލޭގައި ދުއްވާ އެއްޗެހި ގިނަވެ ތޮއްޖެހިފައިވާއިރު މިކަމަށް ހައްލެއް ގެނައުމަށް ސިޓީ ކައުންސިލުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ސިޓީ ކައުންސިލްގެ ފުރަތަމަ މަހު ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ބިއްލޫރި ޖެހިގޭގައި ޕާކިން ޒޯން ހެދުމާއި، ބޮޑުގެ މިސްކިތާއި، ޗައިނާ އެމްބަސީ ކުރިމަތީ އާޓިފިޝަލް ބީޗުގައި ޕާކިން ޒޯނެއް ހެދުން ފަދަ ގިނަ މަސަައްކަތްތަކެއް ހިމެނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް