Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބޮމުގެ ހަމަލާއަށް ފަހު ނަޝީދުގެ ވައަތު ކަންފަތަށް އަޑެއް ނީވޭ: ނާޒިމް

ބޮމުގެ ހަމަލާއަށް ފަހު ނަޝީދުގެ ވައަތު ކަންފަތަށް އަޑެއް ނީވޭ: ނާޒިމް

މިދިޔަ މަހު ހަވަނަ ދުވަހު ކެނެރީގެ ކައިރިން ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ސަބަބުން އެމަނިކުފާނުގެ ވައަތު ކަންފަތަށް އަޑު ނީވޭ ކަމަށް ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް ، ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ، ރައީސް ނަޝީދުގެ ހާލުކޮޅު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށާއި، އެހެން ނަމަވެސް “ކޮމްޕްލިކޭޝަންސް”ތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ހަމަލާގައި ރައީސް ނަޝީދުގެ ކަނާތްފަރާތު ތިން އިނގިއްޔަށް ލިބުނު ގެއްލުމުގެ ސަބަބުން އެ ތިން އިނގިލީގެ ހިއްސު ކެނޑިފައިވާ ކަމަށާއި، އިނގިލިތައް ހަރަކާތް ނުކުރެވޭ ވާހަކަ ނަޝީދު ނާޒިމް ގާތު ދެންނެވި ކަމުގައި ވިދާޅުވިއެވެ. އަދި ވާއަތު ކަންފަތުގެ ތޫރިއަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުން ލިބިފައި ވުމުގެ ސަބަބުން އަޑު އިވުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން ވައަތު ފައިތިލައަށް ލިބިފައިވާ ޒަހަމުތަކަށް ފަރުވާކުރުމަށް އެތަން ކޮނެލުމަށް ފަހު ސާފުކޮށް، ފައިތިލައިގެ ފާރުގަނޑު ފަސޭހަކުރުމަށް ފަލަމަސްގަނޑުން ހަން ނަގައި ޒަހަމްވި ބައިގައި އަޅައިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ވައަތު ފައި އަޅައިގެން ނަޝީދަށް ރަނގަޅަށް ހިނގައި ނޫޅެވޭ ކަމުގައި ވެސް ނާޒިމް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ލިބުނު އަނިޔާތަކަށް ފަރުވާ ކުރުމަށް އެމަނިކުފާނު މިހާރު ހުންނެވީ ޖަރުމަނުގައެވެ. ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުއްމީދު ކުރަނީ އެކަލާނގެ ހަޟްރަތުން ރަހުމަތާ އެކު ރަނގަޅުވެ ވީހާ ވެސް އަވަހަށް ރާއްޖެ އާދެވުން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް