Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސުލްހަވެރި ސިޔާސީ ހަރަކާތުގެ ދިވެހި މުއައްސަސާއަކީ އެމްޑީޕީ: ރައީސް ނަޝީދު

ސުލްހަވެރި ސިޔާސީ ހަރަކާތުގެ ދިވެހި މުއައްސަސާއަކީ އެމްޑީޕީ: ރައީސް ނަޝީދު

ސުލްހަވެރި ސިޔާސީ ހަރަކާތުގެ ދިވެހި މުއައްސަސާއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

ޖަރުމަނުގައި މިވަގުތު ހުންނެވި ރައީސް ނަޝީދު މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމެއް ބިނާކޮށް، ރައްޔިތެއްގެ އާންމު ހާލަތު ރަނގަޅުވުމުގެ އެންމެ މުހިންމު ތަރަހައަކީ އިންތިޒާމު ވެގެން ހިންގައި ސުލްޙަވެރި ހަރަކާތް ކަމަށެވެ.

މި ނިޒާމުގެ ދިވެހި މުއައްސަސާއަކީ އެމްޑީޕީ" އެ ޕާޓީގެ 16 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/MohamedNasheed/status/1408689031639040004?s=20

ސަރުކާރު ހިންގާ އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް އެ ޕާޓީގެ ފަރާތުން މިއަދު ހެނދުނު 6:00ގައި ވަނީ ބާއްވައިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި، މާލޭގައި ހުންނަ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ)އެވެ. އަދި އެ ޕާޓީގެ ދިދަ ނަންގަވައިދެއްވީ ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފެވެ.

އެމްޑީޕީގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި އެ ޕާޓީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަތީ އޮންލައިން ކޮށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް