Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރިސޯޓު މުވައްޒަފުން އަނބިދަރިން ގާތަށް ނުދެވޭތީ ރައީސަށް ޕެޓިޝަނެއް!

ރިސޯޓު މުވައްޒަފުން އަނބިދަރިން ގާތަށް ނުދެވޭތީ ރައީސަށް ޕެޓިޝަނެއް!

ކޮވިޑް-19އާ ގުޅިގެން އަޅައިފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަނބިދަރިން ގާތަށް ދިއުމަށް ހުރަސްއެޅޭތީ ރައީސަށް ފޮނުވުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

500 މީހުންގެ ސޮޔާ އެކު ރައީސަށް ފޮނުވުމަށް ތައްޔާރު ވަމުންދާ މި ޕެޓިޝަނުގައި މިހާރު ވެސް 400އަށް ވުރެ ގިނަ މީހުން ވަނީ ސޮއި ކޮށްފައެވެ.

މިޕެޓިޝަނަކީ ރިސޯޓް ވޯކާސް މޯލްޑިވްސް އިސްވެ، ކޮވިޑް-19ގެ ސަބަބުން އެޗްޕީއޭއިން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަނބިދަރިންނާ ބައްދަލުނުވާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށާއި ސަންސެޓް ގާނޫނަށް ގިނަ ރިސޯޓުތަކުން އަމަލުނުކުރާތީ އެކަން ރައީސްގެ ސަމާލުކަމަށް ގެނައުމަށް ހަދައިފައިވާ ޕެޓިޝަނެކެވެ.

Advertisement
Allied — Dhen Online (box)

މި ޕެޓިޝަނުގައި ސޮއިކުރި ބައެއް ފަރާތްތަކުން ބުނީ މި ޕެޓިޝަނުގައި ސޮއިކުރީ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެމީހުންގެ ހައްގު ހޯދައިދީ އެމީހުން އާއިލާއާ އެކު ވަގުތު ހޭދަ ކުރުމުގެ ހައްގުން މަހުރޫމު ވިޔަ ނުދޭން ކަމަށެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސްއިން ވަނީ ރިސޯޓުގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭ ގޮތަށް ހަމަޖެއްސުމަށް ވެސް ޕެޓިޝަނެއް ތައްޔާރު ކޮށްފައެވެ. އަދި މި ޕެޓިޝަން ވެސް ރައީސަށް ހުށަހެޅުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް