Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހިސާންގެ ބިލާ ދެކޮޅަށް ތެދުވަން ޖެހޭ: ޖަމީލް

ހިސާންގެ ބިލާ ދެކޮޅަށް ތެދުވަން ޖެހޭ: ޖަމީލް

ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅި ނަފުރަތުގެ ބިލާ ދެކޮޅަށް އިސްލާމް ދީނުގެ ދިފާއުގައި ތެދުވަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިއަދު ވިދާޅުވީ، މުރުތައްދުވުމަކީ މުސްލިމުންގެ ތެރޭގައި އަދަބު ލިބޭ ކަމެއް ކަމަށާއި ދިވެހި ރައްޔިތުކަން ދޫކޮށްލާ މީހުންގެ އަމަލުތަކާއި އަދި ބޭރުމީހުން ރާއްޖޭގައި ވަޒަންވެރިވެ ތިބެ އިސްލާމް ދީނާ ދެކޮޅަށް ހިންގާ އަމަލުތައް ވެސް ހިސާން ހުށަހެޅުއްވި، ނަފުރަތު ބިލުން ހިމާޔަތް ކޮށްދޭ ކަމަށާއި، އެހެންކަމުން އިސްލާމްދީނުގެ ދިފާއުގައި ދިވެހިން މި ބިލާ ދެކޮޅަށް ނިކުންނަން ޖެހޭ ކަމަށެވެ.

https://twitter.com/mjameelahmed/status/1408665443099811842?s=21

Advertisement
Ooredoo — Square (box)

 

ހިސާން ހުސައިން ހުށަހެޅުއްވި ނަފުރަތު ބިލް ދިރާސާކުރުމަށް މިހާރު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވިފައިވާއިރު، ކޮމިޓީން ވަނީ ބިލާ މެދު ޕީޖީ އޮފީހާއި، އެޗްއާރްސީއެމްގެ އިތުރުން އިސްލާމިކް މިނިސްޓްރީން ދެކޭ ގޮތުގެ ލަފާ ވެސް ހޯދައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް