Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރާއްޖޭގައި ޑްރަގް ކޭސްތަކުގައި ހައްޔަރު ކުރާ މީހުންގެ ތެރެއިން 2 އިންސައްތައަކީ އަންހެނުން

ރާއްޖޭގައި ޑްރަގް ކޭސްތަކުގައި ހައްޔަރު ކުރާ މީހުންގެ ތެރެއިން 2 އިންސައްތައަކީ އަންހެނުން

ރާއްޖޭގައި ޑްރަގް ވޭދަނަތަކުގައި ހައްޔަރު ކުރާ މީހުންގެ ތެރެއިން 2 އިންސައްތައަކީ އަންހެނުން ކަމުގައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މުއައްސަސާއާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން ގުޅިގެން މިއަދު ހާމަ ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މަސްތުވާތަކެތީގެ މައްސަަލަތަކުގައި މިދިޔަ އަހަރު ހައްޔަރު ކުރި މީހުންގެ ތެރެއިން 2 އިންސައްތައަކީ އަންހެނުންނެވެ. ބާކީ 98 އިންސައްތައަކީ ފިރިހެނުންނެވެ.

އެ ހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި ނިމިދިޔަ 2020 މަސްތުވާތަކެތީގެ 1،425 މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާއިރު އޭގެ ތެރެއިން މި ބާވަތުގެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 1،219 މީހުންނެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖެއިން މި ބާވަތުގެ މައްސަލައިގައި މިދިޔަ އަހަރު ހައްޔަރު ކުރި މީހުންގެ އުމުރުފުރާއަށް ބަލާއިރު، އެންމެ ގިނައިން ހައްޔަރު ކޮށްފައިވަނީ އުމުރުން 18 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ. އެގޮތުން ހައްޔަރު ކުރި މީހުންގެ 70 އިންސައްތަ ހިމެނިގެންވަނީ މި އުމުރުފުރާގައެވެ. ހިސާބުތަކުން ދައްކާގޮތުގައި 35 އަހަރުން މަތީގެ ހައްޔަރު ކޮށްފައި ވަނީ 28 އިންސައްތަ މީހުންނެވެ. އަދި 18 އަހަރުން ދަށުގެ 2 އިންސައްތަ ކުދިން ވެސް މަސްތުވާތަކެތީގެ އެކި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

https://twitter.com/statsmaldives/status/1408788780031430657?s=20

ފުލުހުން ހިއްސާ ކޮށްފައިވާ އެ މައުލޫމާތު ތަކުން ބުނެފައިވާ ގޮތުގައި ފާއިތުވީ ފަސް އަހަރު ދުވަހުގެ ތެރޭގައި 12،000އަށް ވުރެ ގިނަ ، މަސްތުވާތަކެތީގެ މައްްސަލަތައް ވަނީ ރިޕޯޓުކޮށްފައެވެ. އެއީ އަހަރަކު 2000އަށް ވުރެ ގިނަ މައްސަލަކަން ވެސް ހިސާބުތަކުން ފާހަގަ ކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް