Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑް-19އިން ދިފާއުވާން އިއްޔެ ވެކްސިން ޖެހީ އަތޮޅުތެރެއިން އެކަނި

ކޮވިޑް-19އިން ދިފާއުވާން އިއްޔެ ވެކްސިން ޖެހީ އަތޮޅުތެރެއިން އެކަނި

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް 206 މީހުން އިއްޔެ ފުރިހަމަ ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ މިހާރު ޢަދަދު މިވަނީ 186،777 އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 316،069 އަށް އަރައިފައެވެ.

އިއްޔެއަކީ ހުކުރު ދުވަސް ކަމުގައި ވާތީ މާލެ ސަރަޙައްދުގައި ވެކްސިން ނުޖަހައެވެ. ނަމަވެސް އަތޮޅުތެރެއިން 94 މީހުން ފުރަތަމަ ޑޯޒް ޖަހައިފައިވާ ކަމަށާއި 206 މީހުން ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ.

Advertisement
HDC — Sidebar (box)

އެ އޮތޯރިޓީން މިއަދު ހާމަ ކޮށްފައިވާ ގޮތުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި މާދަމާ ޖަހައިދޭނީ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒެވެ. ވެކްސިން ޖެހެން ހުންނާނީ ނޭޝަނަލް އާޓް ގެލެރީ، ވިލިމާލެ ޔޫތު ސެންޓަރ އަދި ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ. މި ތިން ސެންޓަރުން ވެސް ވެކްސިން ޖަހައިދޭނީ ހެނދުނު 9:00 އިން 11:00 އަށް ކަމަށް ވެސް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް