Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކަރަންޓީނުގައި ތިބި ބަޔަކު އުސޫލާ ހިލާފުވުމުން ފިޔަވަޅު އަޅައިފި

ކަރަންޓީނުގައި ތިބި ބަޔަކު އުސޫލާ ހިލާފުވުމުން ފިޔަވަޅު އަޅައިފި

ހދ. ކުޅުދުއްފުށީގައި ކަރަންޓީނުގައި ތިބި ބަޔަކު އުސޫލާ ހިލާފުވުމުން ފިޔަވަޅު އަޅައިފިއެވެ.

ކުޅުދުއްފުށި މޭޔަރު މުޙައްމަދު އާތިފާއި އިދާރާތަކުގެ އިސްވެރީން ދަނީ ކަރަންޓީނުކޮށްފައި ތިބި ގެތަކަށް ޒިޔާރާތްކޮށް އުސޫލާ އެއްގޮތަށް އަމަލުކުރޭތޯ ބަލައި ޔަގީންކުރަމުންނެވެ.

އިއްޔެ ވެސް އެ ސިޓީގައި ކަރަންޓީނު ކޮށްފައި ތިބި ބައެއް ގެތައް ބެލި ބެލުމުން ބައެއް ގެތަކުގައި އުޅޭ މީހުން ކަރަންޓީނު އުސޫލާ ހިލާފު ވެފައިވާތީ، އެ މީހުންތައް ވަނީ ޖޫރިމަނާ ކޮށްފައެވެ. އެގޮތުން ތިން ގެއަކުން 8 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement
Allied — Dhen Online (box)

ކުރިއަށްއޮތް ތަނުގައި ވެސް ކަރަންޓީނުކޮށްފައި ހުރި ގެތަކަށް އިދާރާތަކުން ގޮސް އުސޫލާ އެއްގޮތަށް އަމަލުކުރޭތޯ ބަލާނެ ކަމަށް ކުޅުދުއްފުށި ކައުންސިލުން ވަނީ ބުނެފައެވެ. އަދި ކަރަންޓީނު އުސޫލާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް ކުޅުދުއްފުށި ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކުޅުދުއްފުށީގައި ކަރަންޓީނާ ޚިލާފުވާކަމުގެ ޝަކުވާތައް ލިބެން ފެށުމާ ގުޅިގެން ރަށުގެ ކަމާ ބެހޭ އިދާރާތަކުން ގޭގެއަށް ޒިޔާރަތް ކުރަން ފުރަތަމަ ފަށައިފައިވަނީ މީގެ ހަފްތާއެއް ކުރިންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް